ވޯލްޑް ބޭންކްގެ ރިޕޯޓްގައި ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގެ ފްލެޓްތަކުން ކުލި ކުދެއްކުން

15 އޮކްޓޯބަރ 2022 - 13:20

ހުޅުމާލޭ ފޭސް އެކެއްގެ 816 ޕްލެޓަކުން އަދި ފޭސް ދޭއްގެ 2345 ފްލެޓަކުން ކުލި ނުދައްކާތީ ވޯލްޑް ބޭންކުން އާއްމުކުރި “މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓ” ރިޕޯޓްގައި ފާހަގަކޮށްފިއެވެ.

އެރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުގައި ފޭސް އެކަކުން ޖޫން 2004ގައި ދޫކޮށްފައިވާ 204 ޕްލެޓްގެ ތެރެއިން 84 ފްލެޓަކުން ކުލި ދައްކަމުންނެއް ނުދެއެވެ. އަދި ޖެނުއަރީ 2007ގެއި ދޫކޮށްފައިވާ 82 ޕްލެޓްގެ ތެރެއިން 27 ފްލެޓަކުން ކުލި ދައްކަމުންނެއް ނުދެއެވެ.

advertisement

މީގެ އިތުރުންވެސް 2009ވަނަ އަހަރުގެ ޖުލައި މަހުގައި ދޫކޮށްފައިވާ 518 ޕްލެޓްގެ ތެރެއިން 210 ފްލެޓަކުން ކުލި ދައްކަމުންނެއް ނުދެއެވެ. ސެޕްޓެމްބަރ 2013ގައި ދޫކޮށްފައިވާ 963 ޕްލެޓްގެ ތެރެއިން278 ފްލެޓަކުން ކުލި ދައްކަމުންނެއް ނުދެއެވެ.

އަދި 2017ގައި ދޫކޮށްފައިވާ 702 ޕްލެޓްގެ ތެރެއިން 217 ފްލެޓަކުން ކުލި ދައްކަމުންނެއް ނުދެއެވެ. ފޭސް އެކަކުން ޖުމްލަ 818 ފްލެޓަކުން ގަވާއިދުން ކުލި ނުދައްކާ ކަމަށް ފާހަގަކުރެވެއެވެ.

ފޭސް ދޭއްގެ ހިޔާ މަޝްރޫއުގެ 6338 ފްލެޓް ދޫކޮށްފައިވާއި އޭގެ ތެރެއިން 2345 ފްލެޓަކުން ކުލި ދައްކަމުންނުދާކަން ފާހަގަކޮށްފައިވެއެވެ. މިއީ ހިޔާ ފްލެޓްގެ 37 އިންސައްތަ ފަލެޓެވެ.

ރިއެކްޝަންސް
0
0
0
0
0
0
1