މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
18 އޮކްޓޯބަރ 2022 - 16:28
“މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް-2022” ހުޅުވުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވައިފި
ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޫގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޟާލިޙް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ޝަރަފްވެރިކޮށްދެއްވައިފިއެވެ.
ނަރުހުންގެ ޔުނީފޯމް އެއް ކުލައަކަށް ބަދަލުކުރަނީ
ރާއްޖޫގެ ހުރިހާ ރަށެއްގެ ސަރުކާރުގެ ސިއްހީ ހިދުމަތުގްދޭ މަރުކަޒުތަކުގައި މަސައްކަތް ކުރާ ނަރުލުންގެ ޔުނީފޯމު އެއްޑިޒައިނަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ. ޔުނީފޯމު ހުދު ކުލައިން މަޑުފެހި ކުލައަށް އަދި އެޓެންޑެންޓުންގެ ޔުނީފޯމު ނޫ ކުލަ އަށް ބަދަލުކުރަން ނިންމައިފިއެވެ.
ކުޑަރިކިލުގައި ފެނާއި ނަރުދަމާ ޤާއިމް ކުރުނުގެ އަމަލީ މަސައްކަތް ފަށައިފި
ބ. އަތޮޅު ކުޑަރިކިލުގައި ފެނާއި ނަރުދަމާ ޤާއިމް ކުރުނުގެ އަމަލީ މަސައްކަތް އެރަށު ކައުންސިލްގެ ރައީސް އަބްދުލް ހަންނާން އައްބާސް ވިދާޅުވިއެވެ. އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ފެށީ އާރުއޯ އިމާރާތުގެ މަސައްކަތްކަމަށެވެ.
ރައީސްގެ ޙާއްސް މަންދޫބެއްގެ ގޮތުގައި މިނިސްޓަރ ޝާހިދު އޮމާނަށް ވަޑައިގެންފި
Arrived in Muscat!
An honour to visit #Oman as President @ibusolih’s Special Envoy, to discuss bilateral relations between the Maldives and Oman.
Confident that the visit will open new doors for strengthened cooperation in important areas for both countries.@FMofOman pic.twitter.com/7FdHjELfyA— Abdulla Shahid (@abdulla_shahid) October 18, 2022
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޟާލިޙް މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރ އަބްދުالله ޝާހިދު އޮމާނަށް ވަޑައިގެންފިއެވެ. އޮމާންގެ ވެރިރަށް މަސްކަޓަށް ވަޑައިގެންނެވުމުން އޭނާއްށް މަރުޙަބާ ދެންނެވީ އޮމާންގެ ޗީފް އޮފް ޕްރޮޓޮކޯލް ހާލިދު އަލްޖރާދީއެވެ.
ޓެކްސް ބޮޑު ކުރުމާއިމެދު މެމްބަރުންގެ ޚިޔާލު ތަފާތު
އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލުގެ ކޮމިޓީ މަރުހަލާގެ މަސައްކަތް ފަށައިފިއެވެ.