އެޗެޑީސީ އިން ޒުވާނުންނަށް ހާއްސަ ކޭމްފެއް ބާއްވަނީ

19 އޮކްޓޯބަރ 2022 - 14:56

އެޗެޑީސީ އާއި ޔޫތް މިނިސްޓްރީ ގުޅިގެން “ޒުވާނުންގެ ދިސާ” ގެ ނަމުގައި ކޭމްޕެއް ހުޅުމާލޭގައި ބާއްވަން ނިންމައިފިއެވެ.

މި ކޭމްޕްގެ އަމާޒަކީ ޒުވާނުން ބިނާ ކުރުމުގައި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށް އެޗްޑީސީން ބުންޏެވެ.

advertisement

މި ކޭމްޕް ކުރިއަށްދާނީ އަންނަ ނޮވެމްބަރު 16 އިން 20 އަށް ހުޅުމާލޭ ފަރުކޮޅުފުށި ކޮންފަރެންސް ހޯލުގައެވެ. މި ޕްރޮގްރާމުގައި ޖުމްލަ 30 ބައިވެރިންނަށް ފުރުސަތު ދިނުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. ކުރިން ފޯމު ހުށަހަޅާ ފަރާތްތަކަށް ކުރިން ފުރުސަތު ލިބޭނެއެވެ.

މި ޕްރޮގްރާމް ހާއްސަ ކޮށްފައި ވަނީ އުމުރުން 16 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ި ކޭމްޕްގައި ބައިވެރި ވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. https://forms.office.com/r/bWSSsBkBSH މެދުވެރިކޮށް ކޭމްޕުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅޭނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0