މުސާރަ މުރާޖާކޮށް, އެން.ޑީ.އޭައަށް އައު ސީއީއޯއެއް އައްޔަންކޮށްފި

22 އޮކްޓޯބަރ 2022 - 10:52

ނޭޝަނަލް ޑްރަގް އޭޖެނސީއަށް ސީއީއޯގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ. އެގޮތުން މި އޭޖެންސީގެ ސީއީއޯގެ މަޤާމަށް ހޮވެފައިވަނީ ސ. މަރަދޫފޭދޫ އެވަރެސްޓް, އަލްއުސްތާޛް ޢިމާދު ޞޯލިޙް އެވެ. އަދި މަޤާމްގެ މަސްޢޫލިއްޔތާއި އެމަނިކުފާނު ޙަވާލުވެވަޑައިގަންނަވާނީ 1 ނޮވެމްބަރ 2022 ގައެވެ.

އާ ސީއީއޯއެއް އައްޔަންކުރައްވާފައި މިވަނީ 18 ޖަނަވަރީ 2021 ގައި އެންމެފަހުން އައްޔަން ކުރެވުނު ސީއީއޯ މަޤާމުން ވަކިކުރެއްވުމާއި ގުޅިގެންނެވެ. އަދި ގިނަ ދުވަސްތަކައްވަންދެން ސީއީއޯގެ މަޤާމް ހުސްކޮށް އޮތުމަށްފަހުއެވެ.

އާ ސީއީއޯ އަކު ހޯދުމަށް މި އެޖެންސީން ކުރެވުނު އިޢުލާނުތަކަށް އެކަށީގެންވާ ތަރުހީބެއް ކުލިބި ގިނަ ދުވަސްތަކެއް ވުމާއި ގުޅިގެން ސީއީއޯގެ މަޤާމް އެންމެ ފަހުން އިޢުލާންކޮށްފައިވަނީ, މަޤާމުގެ ޓީއޯއާރ އިސްލާޚްކުރުމަށްފަހު, މުސާރައާއި އިނާޔަތްތަކަށް ޕޭކޮމިޝަން މެދުވެރިކޮށް ބަދަލުތަކެއް ގެނެވި, 01 އޯގަސްޓް 2022 ގައެވެ. މި އިޢުލާނަށް މުޅި ޖުމްލަ 12 ފަރާތަކުން ކުރިމަތިލިއެވެ.

ކުރިމަތިލެއްވި ހުރިހާ ކެންޓިޑޭޓުންނާއިވެސް އިންޓަރވިއު ކުރުމަށް އެންޑީއޭގެ ބޯޑުން ނިންމާ, އިންޓަރވިއުއަށް ޙާޞިލުވުމަށް ހުރިހާ ކެންޓިޑޭޓުންނަށް ދަޢުވަތު ދެވުނެވެ. ޙާޞިރުވި ހުރިހާ ކެންޓިޑޭޓުންނާއި އިންޓަރވިއު ކުރެވިފައިވެއެވެ.

އެގޮތުން ސީއީއޯ އަކު އައްޔަންކުރައްވައިފިވަނީ ޤާނޫނީ ނަމްބަރު 2011/17 (މަސްރތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީންނެވެ. މި އޭޖެންސީގެ ސީއީއޯގެ މަޤާމަށް ހޮވެފައިވަނީ ސ. މަރަދޫފޭދޫ އެވަރެސްޓް, އަލްއުސްތާޛް ޢިމާދު ޞޯލިޙް އެވެ.

އަލްއުސްތާޛް ޢިމާދު ޞޯލިޙަކީ ވިލާކޮލެޖުން މާސްޓަރ އޮފް ޝަރީއާ އެންޑް ލޯ, މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނެސް އެޑްމިނިސްޓްރޭޝަން އަދި ޔުނިވަރސިޓީ އޮފް ނޮޓިންގހަމް އިން މާސްޓރޒް އިން އެޑިއުކޭޝަނަލް މެނޭޖްމެންޓް ފުރިހަމަކުރައްވާފައިވެއެވެ.

އަދި މީގެ އިތުރުން ހިންގުމުގެ ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ ތަޖުރިބާހުރި ބޭފުޅެކެވެ. އެމަނިކުފާނަކީ ތަޢުލީމީ ދާއިރާއަށް ދިގު މުއްދަތަވަށް ގިން ޙިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ތަޢުލީމީ ދާއިރާގައި މުދައްރިސްކަމުން ފެށިގެން އެދާއިރާ ހިންގުމުގެ މަތީ މަޤާމްތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މީގެއިތުރުންވެސް ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމްވެސް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައިވާ ތަޖުރިބާހުރި ބޭފުޅެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0