ޓްރާންސްޕޭރެންސީއާއި އޭސީސީއާ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކު މަހާސިންތައެއް ބާއްވަނީ

22 އޮކްޓޯބަރ 2022 - 14:02

ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ގުޅިގެން ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކާއި އެކު މަހާސިންތައެއް މިމަހުގެ 30 އަދި 31ގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ގައުމީ ލެވެލްގައި ކުރިއަށް ގެންދެވޭ މަހާސިންތާ އޮންނާނީ ބަނޑޮސް އައިލެންޑް ރިސޯޓުގައިއެކެވެ.

advertisement

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސަރުކާރުގެ އެހީިއަށް ބަރޯސާވާ މިންވަރު އިތުރުވުމަކީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތް ހީނަރުވުމަށް މެދުވެރިވާ ސަބަބެއް ކަމަށް ޓްރާންސްޕޭރެންސީ އިން ބުނެފައި ވެއެވެ. އަދި މިކަން ހައްލުކުރުމަށްޓަކައި އެސް.އޯ.އީތަކުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތައް ގެންނަންޖެހޭ ކަމަށްވެސް ޓްވީޓް ކުރި އެވެ.

ހާއްސަކޮށް އެސްއޯއީތަކާއި ގުޅުންހުރި ފިސްކަލް ރިސްކްތައް މޮނިޓަރ ކުރުމާއިއެކު އެސް.އޯ.އީ ހިންގުމުގައި ހުންނަ ރިސްކުތައް ދެނެގަތުމަށް ރިސްކް އެސެސްމެންޓްތައް ހެދުމަކީ މުހިއްމުކަމެއް ކަމަށްވެސް އެ ޖަމިއްޔާ ވިދާޅުވި އެވެ.

މި މަހާސިންތާގައި ބައިވެރިވެލުމަށް: https://docs.google.com/forms/d/e/1FAIpQLScqanu68V5qp00DP-3TWJp1c3gZOBWTD2hxbt_s_c5WfTSyDg/viewform

ރިއެކްޝަންސް
0
0
0
0
0
0
0