މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

23 އޮކްޓޯބަރ 2022 - 18:11

އޮމަދޫ ސްކޫލް އަޕްގްރޭޑްކުރުމަށް ޖަޕާނުން 1.2 މިލިއަން ރުފިޔާގެ އެހީއެއް

އެ ޤައުމުން ކުރިއަށްގެންދާ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް، ޖީ.ޖީ.ޕީ ސްކީމުގެ ދަށުން އދ. އޮމަދޫ ސްކޫލް އަޕްގްރޭޑްކުރުމުގެ މަސައްކަތަށް ޖަޕާން ސަރުކާރުން 1.2 މިލިއަން ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދީފިއެވެ.

advertisement

ޗާގޯސް މައްސަލައިގައި ސިޔާސަތު ބަދަލުކުރި ގޮތް ބަލަން މަޖިލީހަށް ގަރާރެއް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު ޗާގޯސް މައްސަލައިގައި ސިޔާސަތު ބަދަލުކުރި ގޮތް ބަލަން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އެފް.އޭ.އެމްއިން 6.5 މިލިއަން ރުފިޔާ ކަރަންޓުބިލެއް ނުދައްކާތީ އެތަނުން ކަރަންޓު ކަނޑާލައިފި

ފައިސާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގާ، ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއް ދިނުމުންވެސް ފައިސާ ދައްކާފައި ނުވާ ކަމަށް ސްޓެލްކޯ އިން ޓުވީޓްކޮށްފައިވެ އެވެ.

ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިފި

ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް، އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން މިއަދު ހުޅުވައިދެއްވައިފިއެވެ.

އއ. މާޅޮސް ބަނދަރު މަޝްރޫޢުގެ 66 އިންސައްތަ ނިމިއްޖެ

އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މުޅި މަޝްރޫޢޫގެ %66 މަސައްކަތް ވަނީ މިހާރު ނިމިފައި ކަމަށް އެމްޓީސީސީން މައުލޫމާތުދީފި އެވެ. އަދި، އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތުގެ %41 ވަނީ ފުރިހަމަ ކުރެވިފައި ކަމަށްވެސް އެ ކުންފުނިން ހާމަކުރި އެވެ..

މި މަޝްރޫޢުގެ ދަށުން، 24،335 ކިއުބިކް މީޓަރު ކޮނުމާއި، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 56 މީޓަރުގައި ގްރޮއިންސް ޖެހުމާއި، 100 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުއަކީ 56.97 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0