މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
24 އޮކްޓޯބަރ 2022 - 16:31
ޔޫރަޕިއަން ޔޫނިއަންގެ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސަރވިސް މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ޔޫރަޕިއަން ޔޫނިއަންގެ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފޮރ އޭޝިއާ އެންޑް ޕެސިފިކް، މިސް ޕައޯލާ ޕަމްޕަލޯނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި pic.twitter.com/ARGWKDnKX0— People's Majlis (@mvpeoplesmajlis) October 24, 2022
ޔޫރަޕިއަން ޔޫނިއަންގެ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފޮރ އޭޝިއާ އެންޑް ޕެސިފިކް، މިސް ޕައޯލާ ޕަމްޕަލޯނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ބިޒްނަސް ޕޯޓަލްއިން ވިޔަފާރިތަކުގެ ޕްރޮފައިލް ޝީޓް މިހާރު ވަގުތުން ލިބޭނެ
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި ކުންފުނިތަކާއި ޕާޓްނާޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުގެ ޕްރޮފައިލް ޝީޓް ވަގުތުން ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.
މަޝްވަރާ ބައްދަލްވުމެއް ‘ބިލްޑިންގ ޕަރމިޓް ރިފޯމް އެންޑް ޑިޖިޓަލައިޒޭޝަން’ ގެ ނަމުގައި
ބިލްޑިންގ ޕަރމިޓް ރިފޯމް އެންޑް ޑިޖިޓަލައިޒޭޝަންގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފި.
މި ބައްދަލުވުމުގައި އިމާރާތްކުރުމުގެ ހުއްދަ ދިނުމުގެ މަރުހަލާ ހަރުދަނާކުރުމާއި މަރުހަލާގެތެރޭގައި ރިސްކް ކެޓަގަރައިޒޭޝަން ހިމެނުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރެވުނު. pic.twitter.com/Hqwmkdtzy9— Min.of National Planning, Housing & Infrastructure (@MoNPHImv) October 24, 2022
އިމާރާތްކުރުމުގެ ހުއްދަ ދިނުމުގެ މަރުހަލާ ހަރުދަނާކުރުމާއިި، މި މަރުހަލާގައި ރިސްކް ކެޓަގަރައިޒޭޝަން ހިމެނުމަށް ކަމާ ބެހޭ ފަރާތްތަކާއެކު ‘ބިލްޑިންގ ޕަރމިޓް ރިފޯމް އެންޑް ޑިޖިޓަލައިޒޭޝަން’ ގެ ނަމުގައި މި މިނިސްޓްރީން މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް 2 ވަނަ އިސްލާޙް ގެނައުމުގެ ބިލް ތަޞްދީޤުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު (ނަންބަރު: 2019/5) އަށް 2 ވަނަ އިސްލާޙް ގެނައުމުގެ ބިލް ތަސްދީޤު ކުރައްވައިފިއެވެ.
ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް މިހާރު ކުރިއަށްދަނީ
ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %57 މިހާރު ވަނީ ނިމިފައެވެ. އަދި، އިލެކްޓްރިކަލް ޖަންކްޝަން ފޮށި ވަޅުލުމުގެ މަސައްކަތް ވަނީ %82 ނިންމާލެވިފައެވެ. ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށް ދަނީ ތާރު އެޅުމުގެ މަސައްކަތެވެ. #MTCCProjects #RayyithungeKunfuni pic.twitter.com/8rid9TJRN2— MTCC Plc (@MTCCPlc) October 24, 2022
ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %57 މިހާރު ވަނީ ނިމިފައެވެ. އަދި، އިލެކްޓްރިކަލް ޖަންކްޝަން ފޮށި ވަޅުލުމުގެ މަސައްކަތް ވަނީ %82 ނިންމާލެވިފައެވެ. ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށް ދަނީ ތާރު އެޅުމުގެ މަސައްކަތެވެ.