މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
26 އޮކްޓޯބަރ 2022 - 16:41
އެޑިއުކޭޝަން މިނިސްޓްރީން ދެ ރަށެއްގެ ސްކޫލުގައި ކުރަން ހުރި ބައެއް މަސައްކަތްތައް ޙަވާލުކޮށްފި
ލ.ކުނަހަންދޫ ސްކޫލުގެ 4 ކުލާސްރޫމް، ލައިބްރަރީ އަދި ލެބޯޓަރީ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުން. މި މަސައްކަތް ހަވާލުކުރީ 365 ދުވަސްތެރޭގައި ނިންމާގޮތަށް، 10,591,730.96ރ އަށް، ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑާ. pic.twitter.com/e7OwYJFDIc— Ministry of Education (@MoEdumv) October 26, 2022
ލ.ކުނަހަންދޫ ސްކޫލުގެ 4 ކުލާސްރޫމް، ލައިބްރަރީ އަދި ލެބޯޓަރީ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރޮށްފިއެވެ. މި މަސައްކަތް ހަވާލުކުރީ 365 ދުވަސްތެރޭގައި ނިންމާގޮތަށް، 10,591,730.96ރ އަށް، ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑަށެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން ކެރިއަރ ފެއާއެއް ކުރިއަށް ގެންގޮސްފި
@TransparencyMV conducted a career fair together with @kfcitycouncil at Kulhudhuffushi City to give the opportunity for students to explore different career paths & educational opportunities available for them.#Funara pic.twitter.com/Mv4RRBLL5b— Transparency MV (@TransparencyMV) October 26, 2022
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން ކުޅުދުއްފުށީގައި ކެރިއަރ ފެއާއެއް ކުރިއަށް ގެންގޮސްފިއެވެ. ދަރިވަރުންނަށް ތަފާތު ކެރިއަރ މަގުތައް & ތަޢުލީމީ ފުރުޞަތުތައް ހޯދުމުގެ ފުރުޞަތު ދިނުމަށްޓަކައެވެ.
މިނިސްޓްރީ އޮފް ހެލްތުން އިންތިޒާމްކޮށްގެން ބާއްވާ 1 ވަނަ ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ސިމްޕޯޒިއަމް
Acting Medical Director, Consultant in Pediatrics, @Dr_Shamheed and Registered Nurse Liyoosa Hussain takes part in the 1st National Patient Safety Symposium organized by @MoHmv. The symposium is participated by 175 Health Professionals from different disciplines.@presidencymv pic.twitter.com/a3YA3tgm5Y— Kulhudhuffushi Regional Hospital (@KRHmv) October 26, 2022
މި ސިމްޕޯޒިއަމްގައި އެކި ދާއިރާތަކުން 175 ހެލްތު ޕްރޮފެޝަނަލުން ބައިވެރިވެއެވެ. 1 ވަނަ ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ސިމްޕޯޒިއަމްގައި އެކްޓިން މެޑިކަލް ޑިރެކްޓަރ، ކޮންސަލްޓަންޓް އިން ޕީޑިއަޓްރިކްސް، ޑރ.ޝަމްހީދު އަދި ރެޖިސްޓަރޑް ނާރސް ލިޔޫސާ ޙުސައިން ބައިވެރިވެވަޑައިގެންނެވިއެވެ.
‘ސްޕޭސް އެޕްލިކޭޝަންސް ފޯ ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް އިން އޭޝިއާ އެންޑް ދަ ޕެސިފިކް’ގެ ކޮންފަރެންސް ބާއްވައިފި
'ސްޕޭސް އެޕްލިކޭޝަންސް ފޯ ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް އިން އޭޝިއާ އެންޑް ދަ ޕެސިފިކް'ގެ 4 ވަނަ މިނިސްޓީރިއަލް ކޮންފަރެންސް މިއަދު ވަނީ ބާއްވާފައެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ ސަރުކާރުގެ ފަރާތުން، މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އަލީ ބައިވެރިވިއެވެ. pic.twitter.com/pnW7fkF1PA— Min.of National Planning, Housing & Infrastructure (@MoNPHImv) October 26, 2022
‘ސްޕޭސް އެޕްލިކޭޝަންސް ފޯ ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް އިން އޭޝިއާ އެންޑް ދަ ޕެސިފިކް’ގެ 4 ވަނަ މިނިސްޓީރިއަލް ކޮންފަރެންސް މިއަދު ވަނީ ބާއްވާފައެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ ސަރުކާރުގެ ފަރާތުން، މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އަލީ ބައިވެރިވިއެވެ.
ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ %50 މަސައްކަތް ވަނީ މިހާރު ފުރިހަމަކުރެވިފަ
ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ %50 މަސައްކަތް ވަނީ މިހާރު ފުރިހަމަކުރެވިފައެވެ. އަދި، އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.#MTCCProjects #RayyithungeKunfuni pic.twitter.com/vBHhCCxdFl— MTCC Plc (@MTCCPlc) October 26, 2022
ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ %50 މަސައްކަތް ވަނީ މިހާރު ފުރިހަމަކުރެވިފައެވެ. އަދި، އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.