ދައުލަތުގެ އާމްދަނީ އިތުރުކޮށް އިޤްތިސާދީ ހާލަތު ރަނގަޅުކުރުމަށް ޓެކްސްއިތުރު ކުރުމަށް ޓީމް ޖަމިއްޔާއިން ގޮވާލައިފި
27 އޮކްޓޯބަރ 2022 - 16:05
ދައުލަތުގެ އާމްދަނީ އިތުރުކޮށް އިޤްތިސާދީ ހާލަތު ރަނގަޅުކުރުމަށް ޓެކްސްއިތުރު ކުރުމަށް ޓުއަރިޔަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގޮވާލައިފިއެވެ.
މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި އެ ޖަމިއްޔާއިން ބުނެފައިވަނީ ދައުލަތުގެ އާމްދަނީ އިތުރުކޮށް އިޤްތިސާދީޙާލަތު ރަނގަލުކޮށް މުވައްޒަފުންގެ މުސާރަ އިތުރުކޮށް ޙިދުމަތްތަށް ގާއިމް ކުރުމަށް ވިޔަފާރިތަކުން ޓެކްސްއިތުރު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވަނީ ނުހަނު މުހިންމު އިސްލާހެއްކަމަށެވެ.
އަދި އެ ޖަމިއްޔާއިން ދެކެނީ ޓޫރިސްޓުން އަތުން ނެގޭ ޓެކްސް (ޓީޖީއެސްޓީ) އިތުރުކުރުމަކީ، ވިޔަފާއިފައިދާއިންނެގޭ ޓެކްސް (ބީޕީޓީ) އަދި އާމްދަނީ އިންނެގޭ ޓެކްސް (އިންކަމް ޓެކްސް) ޕުރޮގްރެސިވްކޮށް އިތުރު ކުރުމަކީ މުޅި ގައުމުގެ އިގްތިސާދަށް ނުހަނު މުހިންމު ފަގީރުންނާއި މުއްސަދިންގެ ފަރަގު ކުޑަވެގެންދާނެ ކަމެއްކަމަށެވެ. އަދި ދައުލަތަށް އެކި ފަރާތްތަކުން ދައްކާންޖެހި ނުދައްކާ ޓެކްސްފައިސާއާއި ބިމު ކުލީގެ ފައިސާތަށްވެސް ދައުލަތަށް ހޯއްދެއްވުމަކީވެސް ނުހަނު މުހިންމު ކަމެއް ކަމަށް އެ ޖަމިއްޔާއިން ދެކެއެވެ.
އެ ނޫސް ބަޔާނުގައި ވަނީ ނިމިދިޔަ ފަންސާސް އަހަރު މިސިނާއަތް އަދި އިޤްތިސާދު ދެމިއޮތީ ރިސޯޓް އޯނަރުން ނުވަތަ ވިޔަފާރިވެރިނަށްޓަކައި ކަމުން، އަންނާން އޮތް ފަންސާސް އަހަރު މި ސިޔާއަތް ޒިންމާދާރު، ދެމިހެއްޓެނެނިވި، އެމްނެމްގެ ލާބަޔާއި، މަންފާއްށް، ޙާއްސަކޮށް މިގައުމުގެ ރައްޔިތުންނަށްޓަކައި ހިންގޭ ފަންސާސް އަހަރަށް ހެދުމަށް ގޮވާލަފައެވެ.