ތާރީހުގެ ތެރެއިން: ދިވެހި ރާއްޖޭގެ ދިދަ ބަދަލުވެގެން އައި ގޮތް

1 ނޮވެމްބަރ 2022 - 16:29

1900 އިގެ އަހަރުތައް ފެށުމާއި ހަމައަށް ދިވެހި ރާއްޖޭގައި ގައުމީ ދިދައެއް ނެތެވެ. އޭރުގެ ރަސްކަލުން ނާއި ރާނީން އެންމެ ފުރަތަމަ ދިދައެއްގެ ގޮތުގައި ބޭނުންކުރީ ރަތްކުލައިގެ ފޮތިކޮޅެކެވެ. ރަސްކަލުންގެ ޝާހީ ގޭގެ ކުލައަކީ ރަތް ކުލަ ކަމުން އެ ކުލަ ބޭނުންކުރީއެވެ.

advertisement

1920 ގައި ދިވެހިންތަކެއް ތުރުކީ އަށް ކުރި ދަތުރެއްގައި އެތަނުގެ ދިދައިގެ މެދުގައި އިންނަ ފެހިކުލައިގެ ގޮޅި އާއި އޭގެ މެދުގައިވާ ހަނދުފަޅި ފެނިގެން އައިސް، ރާއްޖޭގެ ދިދައިގެ މެދު ހުސްކޮށް ހުންނާތީ މާ ފަޅު ކަމަށް ދެކި އެތަނުގައި ހުދު ހަނދުފަޅިއެއް ހިމަނަން ބޭނުންވެގެން އެވާހަކަ ރަސްކަލުން ގާތު ދެއްކި ކަމަށް ލިޔެވިފައިވެއެވެ. ނަމަވެސް އޭރުގެ ރަސްކަލުން އެގޮތަށް ދިދަ ބަދަލު ނުކުރެއެވެ.

އޭގެ އަހަރުތަކެއް ފަހުން ތިންވަނަ މުހައްމަދު ޝަމްސުއްދީން ވަނީ ހަނދުފަޅި އާއި ފެހި ގޮޅި ހިމަނައިގެން ދިވެހި ދިދައިގެ ޑިޒައިން ބަދަލުކޮށްފައެވެ. މިހާރު މިފެންނަ ދިދަ އަކީ އޭރު ޝަމްސުއްދީނު ފާސްކުރި ދިދައިގެ އަރިމަތީގައި ހުރި ކަޅާއި ހުދުގެ ފަށް ނުހިމެނޭގޮތަށް ފާސްކުރި އާ ޑިޒައިނެކެވެ. އެފަށް ދިދައިން ފޮހެލީ 1965 ގައެވެ. އެއީ އަލަށް ގައުމީ ސަލާމް ކިޔަންފެށި ދުވަސްވަރެވެ.

ގައުމީ ސަލާމުގައި ދިވެހި ދިދަ ސިފަ ކުރަމުން އަރިމަތީގައި ވާ ކަޅާއި ހުދުގެ ފަށް ސިފަކޮށްފައި ނުވެއެވެ.

The flag of the Republic of Maldives. This flag dates from 1965 when the Maldives gained independence.

ރާއްޖެ ޔޫއެން ގެ މެމްބަރަކަށް ވީ ދުވަސްވަރު، ޔޫއެން ގެ މުވައްޒަފަކު، ދިވެހި ރާއްޖޭގެ ކުލަތައްކަމުގައި ކަނޑައަޅާފައިވަނީ ފެއްސާ ރަތާއި ހުދު އެކަނި ކަމަށާއި، ދިދައިގެ އަރިމަތީގައިވާ ކަޅާއި ހުދުގެ ވާހަކަ ނެތީ ކީއްވެތޯ އެހުމުން އެސުވާލަށް ޖަވާބު ދިނުމަށް ދަތިވެގެން އޭރުގެ ވެރިން ނިންމީ އެ ފަށް ވަކި ކުރުމަށެވެ. އޭގެ ފަހުން އެތަނުގައި ހުންނަނީ ހުދު ހަވާސާ ފަށެކެވެ

ރިއެކްޝަންސް
0
0
0
0
1
4
1