ރާއްޖެއިން ބޭރުގައި އުޅޭ ދިވެހީންގެ އާބާދީ ދެނެގަތުމަށް ކުރާ ސާވޭގައި ބައިވެރިވުމަށް ހުޅުވާލައިފި
2 ނޮވެމްބަރ 2022 - 15:52
ރާއްޖޭންބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަރވޭ 2022ގައި ބައިވެރިވުމަށް ރާއްޖޭގެ ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާއިން ހުޅުވާލައިފި އެވެ.
މި ސަރވޭގެ މަގުސަދަކީ ދިވެހިން ރާއްޖޭންބޭރަށް ހިޖުރަކުރާ މިންވަރާއި މައިގަނޑު ސަބަބުތައް ދެނެގަތުމާއި ރާއްޖޭންބޭރުގައި ދިރިއުޅޭ އާބާދީގެ ސައްހަ އަދަދު ދެނެގަތުމާއި މި އާބާދީގެ ތަފާސްހިސާބު އެކުލަވާލުމެވެ. އަދި އާބާދީގެ އަންދާޒާތައް އެކުލަވާލުމުގައި މިމަޢުލޫމާތު ބޭނުންކުރެވޭނެއެވެ.
ރާއްޖޭންބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަރވޭ 2022: ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ހުރިހާ ރައްޔިތުންވެސް މި ބިއުރޯގެ ވެބްސައިޓްގައިވާ ފޯމު https://t.co/EBJEZWipKh މެދުވެރިކޮށް ވީއެންމެ އަވަހަކަށް މިމަޢުލޫމާތު ފުރިހަމަކޮށްދެއްވުމަކީ މިބިއުރޯގެ ވަރަށް ބޮޑުއެދެމެވެ. pic.twitter.com/4fbyjXnmSt— Statistics Maldives (@statsmaldives) November 2, 2022
މިސަރވޭކުރިއަށްދާނީ ނޮވެންބަރު 1 ން 30 ގެ ނިޔަލަށް އޮންލައިން ސުވާލުކަރުދާހެއް މެދުވެރިކޮށެވެ. މިސުވާލުކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ ތެރޭގައި މީހުންގެ އުމުރާއި، ޖިންސު، ރާއްޖެއިން ބޭރުގައި ދިރިއުޅޭ މައިގަނޑު ބޭނުން، ހާސިލްކޮށފައިވާ އެންމެމަތީ ތައުލީމީ ފެންވަރު، މަސައްކަތްތެރިކަން، ކައިވެނި އަދި ދަރިމައިވުމާއިބެހޭ މަޢުލޫމާތު ހިމެނެއެވެ.
ާރާއްޖޭންބޭރުގައި ދިރިއުޅޭ ކޮންމެ މީހަކަށް މީގެ ސުވާލުކަރުދާހެއް ފުރިހަމަކުރާގޮތަށް ހަމަޖެހިފަ އިވާތީ، އަމިއްލައަށް މިފޯމުފުރިހަމަ ނުކުރެވޭ ފަރާތްތަކަށް ސަރވޭފޯމެއް ފުރިހަމަކުރުމަށް އާއިލާގެ މެމްބަރުނާއި އެހީތެރިންގެ ފާރާތުން އެއްބާރުލުންދެއްވުމަށް އެ ބިއުރޯއިން އެދުނެވެ.
ގާނޫނު ނަންބަރު 2021/16 ދިވެހިރާއްޖޭގެ( ތަފާސްހިސާބުގެ ) ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ތަފާސްހިސާބު އެއްކުރުމުގެ ބޭނުމުގައި ޢާންމުންގެ ފަރާތުން މަޢުލޫމާތު ހޯދުމަށް ކުރާ ސަރވޭތަކުގައި ހޯދާ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓޭނެއެވެ. މި އަދި ޤާނޫނުގެ ދަށުން ރަސްމީ ތަފާސްހިސާބު އެއްކޮށް، ބަލަހައްޓާ ދައުލަތުގެ އިދާރާތަކުން އެފަދަ ފަރުދީ ތުމަޢުލޫމާ އެކުލެވޭ ޑޭޓާގެ ހިފެހެއްޓުން ސިއްރު ލާޒިމުވެގެންވެއެވެ.