މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

3 ނޮވެމްބަރ 2022 - 16:24

ދައުލަތުގެ ރަސްމީ ރިޒާވުން 117 މިލއަން ޑޮލަރު މަދުވެއްޖެ

ރާއްޖޭގެ ރަސްމީ ރިޒާވުން މިދިޔަ ސެޕްޓެމްބަރ މަހު 117.7 ބިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) މަދުވެއްޖެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

advertisement

ޖަޕާނުސަރުކާރާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ގުޅިގެން ތަމްރީނު ޕްރޮގްރާމް ފަށައިފި

ޖަޕާނުސަރުކާރާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ގުޅިގެ ނޫ އިޤްތިޞާދު ކުރިއެރުވުމަށް ހިންގާ ޕްރޮޖެކްޓް ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.  

ފެން ބިލު މަޢާފްކޮށްދިނުމަށް ހުޅުވާލި ޕްރޮގްރާމް އަންނަ މަހު ހަމަވަނީ

އެމްޑަބްލިއުއެސްސީގެ ފަރާތުން ކަސްޓަމަރުންނަށް ބިލްތައް އަދާކުރުމަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ހިންގަމުން އައި ފެން ބިލުގެ ޖޫރިމަނާ މަޢާފުކުރުމުގެ ޕްރޮގްރާމްގެ މުއްދަތު އަންނަ މަހުގެ 31 ވަނަ ދުވަހު މުއްދަތު ހަމަވާނެއެވެ.

ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިދަ ޖެހުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ ފަޚުރުވެރި 34 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0