ކުދި ވިޔަފާރިތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ވުނަދާނަ ފެސްޓިވަލް މިއަދު އާޓިފިޝަލް ބީޗުގައި!
16 ނޮވެމްބަރ 2022 - 11:23
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުދި ވިޔަފާރިތަކަށް ހާއްސަކޮށް ކުރިއަށްގެންދާ “ވުނަދާނަ ފެސްޓިވަލް” މާދަމާ އާޓިފިޝަލް ބީޗުގައި ކުރިއަށް ދާނެއެވެ.
މިއަދު ހަވީރު 04:00 އިން 06:00އަށް އަދި ރޭގަނޑު 08:00އިން 11:00އަށް ކުރިއަށް ދާނެއެވެ. މި ފެސްޓިވަލްގައި މާލޭ ސަރަހައްދުން ޖުމުލަ 56 ވިޔަފާރި ބައިވެރިވެފައިވެއެވެ. އަދި ހަވީރު ވަގުތު ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކަކާއި ކުޑަކުދިން ވިޔަފާރިއަށް އަހުލުވެރި ކުރުވުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާނެއެވެ.
Mi festival akee ehme kudhi, kudhi adhi medhufantheege viyafaarithakun baiverivaa viyafaareege festival eh. Kuriya dhaanee Kuda kudhinnaa gulhey harakaaiy thakaa munifoohi filuvumuge harakaaiy thakaa eku
Location: Artificial Beach,Malé#vunadhaanafestival2022 #hamahama4 pic.twitter.com/YQzxysn4aH— Business Center Corporation (@BCC_mv) November 15, 2022
ކުދި ވިޔަފާރިތަކުގެ އިތުރުން، އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ވިޔަފާރިތަކާ ގުޅުންހުރި އެހެން ކުންފުނިތަކުން ވެސް މި ފެސްޓިވަލްގައި ހަރަކާތްތެރިވާނެއެވެ. އަދި ކުދި ވިޔަފާރިތައް ފުޅާކުރަން ހުރި ފުރުސަތުތަކާއި މައުލޫމާތު މި ފެސްޓިވަލްގެ ތެރެއިން ފޯރުކޮށްދޭނެއެވެ.
ބީސީސީއިން ވަނީ ގެވެށި ވިޔަފާރިތަކަށް އަމާޒުކޮށްގެންވެސް މިފަދަ ފެސްޓިވަލްއެއް ބާއްވާފައެވެ. އެ ހަރަކާތަށް ލިބުނު ތަރުހީބު ވަރަށް ރަނގަޅުކަމަށް ބީސީސީއިން ބުންޏެވެ. އެ ފެސްޓިވަލްއަށް ލިބުނު ތަރުހީބަށް ބަލައި، މިފަދަ ބޮޑު ހަރަކާތެއް ބޭއްވުމަށް ގިނަ ފަރާތްތަކުން އެދިފައިވާކަމަށްވެސް ބީސީސީއިން ބުނެއެވެ.