މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

22 ނޮވެމްބަރ 2022 - 16:20

އައްޑޫސިޓީ ފޭދޫ މަގުތަކުގައި ތާރައެޅުމުގެ އަމަލީ މަސައްކަތް ފެށަނީ

މިއީ އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް އައްޑޫ ރޯޑް ޑިވްލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުންނެވެ. މިނިސްޓްރީ އޮފް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އިންޑިއާގެ އެފްކޮންސް އަދި ޖީ.ކޭ.ޑީ ކުންފުންޏާއި ހަވާލުކުރެވިގެން ހިންގޭ ސަރުކާރުގެ ޕީ.އެސް.އައި.ޕީ މަޝްރޫޢެކެވެ.

advertisement

ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުއެއް ގެންގޮސްފި

ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުއަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ. ބޭރުތޮށީގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ވަނީ މިހާރު ނިންމާލެވިފައެވެ

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، މި އަހަރުގެ ނޮވެންބަރު 16 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 39 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ޅ. އަތޮޅުގައި އާރް.ޓީ.އެލްގެ ހިދުމަތް އަގުނަގައިގެން ފެށުން

ޅ. އަތޮޅުގައި އާރް.ޓީ.އެލްގެ ހިދުމަތް އަގުނަގައިގެން ފެށުމަށް ތައްޔާރުވުމުގެ ގޮތުން މި މިނިސްޓްރީން  މިއަދު ވަނީ ޅ. ހިންނަވަރު ކައުންސިލާއި ޑަބްލިއުޑީސީ އަދި ގުޅުންހުރި އިދާރާތަކާ ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގައި އަހުލުވެރިކުރުވުމުގެ ދަތުރުތަކުގައި ދިމާވި ދަތިތަކާއި މިނިސްޓްރީ އާއި އެމް.ޓީ.ސީ.ސީ ގުޅިގެން އިތުރަށް ރަނގަޅު ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

ހުޅުމާލެ ޕްލޭނިން ގަވާއިދު 7 ދުވަސް ތެރޭގައި ގެޒެޓް ކުރަން ފޮނުވުމަށް އަންގަން ފާހެއް ނުވި

ހުޅުމާލެ ޕްލޭނިންގް އަދި އިމާރާތް ކުރުމުގެ ގަވާއިދު ގެޒެޓް ކުރުމަށްޓަކައި ޕްލޭނިން މިނިސްޓްރީން ރައީސް އޮފީހަށް ފޮނުވުމަށް އެ މިނިސްޓްރީއަށް އެންގުމަށް މަޖިލީހުން ފާހެއް ނުވިއެވެ. ގަވާއިދު ރައީސް އޮފީހަށް ފޮނުވުމަށް ޕްލޭނިންގް މިނިސްޓްރީއަށް އެންގުމަށް ފާސްކުރުމަށް ނުފެންނަ ކަމަށް ނިންމާފައިވަނީ ނެގި ވޯޓުގައި ބައިވެރިވެވަޑައިންނެވި 59 މެމްބަރުންގެ ތެރެއިން 40 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0