މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
29 ނޮވެމްބަރ 2022 - 15:15
ސިންގަޕޫރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި
ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ސޫ ކޮކް ލެންގް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގައެވެ.
މާފަރު އެއަރޕޯޓުގެ ފިއުލް ފާމުން ޖެނުއަރީމަހު ޚިދުމަތްދޭން ފާށާނެ
މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގެ ވަގުތީ ފިއުލް ފާމުން ޖެނުއަރީމަހުގެތެރޭ ޚިދުމަތްދޭން ފެށޭނެއެވެ. އައިލެންޑެ އޭވިއޭޝަން އިން ބުނެފައިވާ ގޮތުން އެ އައަރޕޯޓުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ހުޅުމާލޭ ސިނާއީ ސަރަހައްދުގައި ހަދާ އިމާރާތްތައް 8 ބުރިއަށް ނެގޭ ގޮތައް ހަމަޖައްސައިފި
މި ސަރަހައްދުގައި އިމާރާތް ކުރެވެނީ 6 ބުރިއަށް ނަމަވެސް މިހާރު އާ ގަވާއިދާއި އެކު 8 ބުރިއަށް އިމާރާތް ކުރެވޭނެއެވެ. މި ބަދަލު ގެނައުމެގެ އެންމެ ބޮޑު ބޭނުމަކީ އިންޑަސްޓްރިއަލް ސަރަހައްދަށް ބޮޑުވެފައިވާ ޑިމާންޑަށް ހައްލެއް ހޯދައިދިނުމާއި މިހާރު އެ ސަރަހައްދުގައި ކުރަމުން އަންނަ ވިޔަފާރި މަސައްކަތްތައް ފުޅާ ކުރުމަށް ފުރުޞަތު ފަހި ކުރުން ކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ.
އެޑިޔުކޭޝަން މިނިސްޓަރ މަޖިލީސް މެމްބަރުންނާއި ބައްދަލުކުރައްވައިފި
މިނިސްޓަރ @aisthly މިއަދު ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް އާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދާ ބައްދަލުކުރެއްވުން. (1/2) pic.twitter.com/yBAn3nXLsw— Ministry of Education (@MoEdumv) November 29, 2022
އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ބައްދަލުކުރެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު ޢަބަދުލް ލަޠީފާއި ކުޅުދުއްފުށީ ދެކުނު މެމްބަރު ޖަމްޝީދު މުޙައްމަދާ އެވެ. މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށި ސިޓީގެ ސްކޫލުތަކުގައި ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރުން ސްކޫލުތަކާ ގުޅޭ އެހެނިހެން މުހިންމު ކަންކަމާ ގުޅޭ މަޝްވަރާތައް ކޮށްފައިވެއެވެ.
ނ. ލަންދޫ ތަރައްގީކުރާ ހެރިޓޭޖް ސައިޓް ބަޔަކާ ހަވާލުކޮށްފި
ނ.ލަންދޫ މާބަދިގެ ސަރަޙައްދު ސައިޓް މިއުޒިއަމްއެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ ފޭސް 1 ގެ މަސައްކަތް ގެދޮރު ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ އާ މިއަދު ހަވާލުކުރެވިއްޖެ. މަރުކަޒުގެ ފަރާތުން އެގްރީމެންޓްގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ @ManadhooThoriq
(1/2) pic.twitter.com/gcy70jlYto— National Centre for Cultural Heritage (@HeritageMv) November 28, 2022
ނ.ލަންދޫ މާބަދިގެ ސަރަޙައްދު ސައިޓް މިއުޒިއަމެއްގެ ގޮތަށް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ގެދޮރު ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢަކީ އިންޑިޔާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ގްރާންޓްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.