ތާރީހުގެ ތެރެއިން: 12000 އަށް ވުރެ ގިނަ މީހުންގެ ދިރިއުޅުން ދޮވެލި ސުނާމީ ރާޅު

30 ނޮވެމްބަރ 2022 - 12:33

އިންޑޮނޭޝިއާގެ ސުމަޓްރާ އަށް 2004 ޑިސެމްބަރު 26 ވަނަ ދުވަހު އެރި ބާރުގަދަ ބިންހެލުމާ އެކު އުފެދުނު ސުނާމީ ރާޅު ރާއްޖެއާއި ހަމައަށް އައިސްފައިވަނީ އެދުވަހުގެ ހެނދުނު 9.15 ހާއިރެވެ. 4 ފޫޓާއި 14 ފޫޓާއި ދެމެދުގެ އުސްމިނުގައި ރާއްޖޭގެ އެކި ރަށްރަށަށް ސުނާމީގެ ސަބަބުން އުފެދުނު ބޮޑު ރާޅުތައް އަރާފައިވެއެވެ.

advertisement

ސުނާމީ އެރި އިރު ރާއްޖޭގެ އާބާދީ އަކީ 3 ލައްކައެވެ. މި ކާރިސާގައި 1300 މީހުނަށް ޖިސްމާނީ އަނިޔާ ލިބި، 83 މީހަކު މަރުވެ 25 މީހުން ގެއްލިފައިވެއެވެ. 39 ރަށަކަށް ބޮޑެތި ގެއްލުންވެފައިވެއެވެ. 14 ރަށެއް އެކުގައި ހަލާކުވެ ދިޔުމުގެ ސަބަބުން އެހެން ރަށްރަށުގައި ވަގުތީ ހިޔާތައް ގާއިމުކޮށް ހަލާކުވެ ނެތިދިޔަ ރަށްތަކުގެ މީހުން އެރަށްތަކުން ބަދަލުކޮށްފައިވެއެވެ.

މިގޮތުން 12000 މީހުން އެމީހުންގެ ވަޒަން ދޫކޮށް އެހެން ރަށްރަށަށް ދިރިއުޅުން ބަދަލުކުރަން ޖެހުނެވެ.

މި އާއިލާތަކުގެ ދިރިއުޅުން އެކީ އެ ރާޅުގައި ދޮވެލިއެވެ. ގެދޮރު ގެއްލި އާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގިތުން އެތަކެއް ގެއްލުން ލިބުނެވެ. އެރާޅު އައިސް މި އާއިލާތައް ފަގީރުކަމުގެ ތެރެއަށް އަރަގުކޮށްލިއެވެ. ސުނާމީގެ އަސަރު ކުރި ރަށްތަކުން ކަރަންޓު ކެނޑި، މުވާސަލާތީ ވަސީލަތްތައް (ފޯނު / ޓީވީ / ރޭޑިއޯ) ގެ ހިދުމަތް ވެސް މެދުކެނޑުނެވެ.

15 އިންސައްތަ ރަށުން ބޯފެން ލިބުމަށް ދަތިވެ، 25 އިންސައްތަ ރަށަށް ބޮޑެތި އުމްރާނީ ގެއްލުން ވިއެވެ. މިގޮތުން ރަށްރަށުގެ ޖެޓީ އާއި ބަނދަރުތަކާއި ސްކޫލްތަކާއި ބޯޓުފަހަރުތަކާއި، ސިއްހީ މަރުކަޒުތަކާއި، އިންޖީނުގެތައް ފަދަ ތަންތަން ހަލާކުވެފައިވެއެވެ. ސުނާމީގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުން 470 އެމެރިކާ ޑޮލަރަށް އަރައެވެ. އަދި ގިނަ އަދަދެއްގެ ރިޒޯޓުތަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބުނެވެ. ސުނާމީ އަށް 7 އަހަރު ފުރުނު އަހަރު (2011) ގައިވެސް 1600 މީހުން ވަގުތީ ހިޔާތަކުގައު ދިރިއުޅެމުން އައިސްފައިވާކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ރިއެކްޝަންސް
0
0
0
5
0
0
1