‘ދިރާގު ފުޓުބޯޅަ އީދު’ ގެ “ގެސް ދަ ޕްލޭޔަރ” ކުއިޒުގައި ބައިވެރިވެގެން ޕްލޭސްޓޭޝަން 5 އަދި އިތުރު އިނާމުތަކެއް ހޯދުމުގެ ފުރުޞަތު!
1 ޑިސެމްބަރ 2022 - 9:42
ދިރާގު ސޯޝަލް މީޑިއާ ޕޭޖުތަކުގައި ކުރިއަށްދާ “ގެސް ދަ ޕްލޭޔަރ؟” ކުއިޒްގައި ބައިވެރުވެގެން ޕްލޭސްޓޭޝަން 5 އެއް ހިލޭ ލިބުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.
“ދިރާގު ފުޓުބޯޅަ އީދު” ކެ ދަށުން ކުރިއަށްގެންދާ މި ޕޮރޯމަޝަންގައި ބައިވެރިވުމަށް ޕޯސްޓެއްގައި ފޮރުވިފައިވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔަކީ ކާކުކަން ގެސްކުރުމަށްފަހު ދިރާގުގެ ޓުވިޓަރ، އިންސްޓަގްރާމު ނުވަތަ ފޭސްބުކް ޕޯސްޓުގައި ކޮމެންޓެއްކޮށްލައުގެން ބައިވެރިވެވޭނެއެވެ.
މި ކުއިޒް ކުރިއަށް ދާނީ ކޮންމެ ފަސް ދުވަހަކުން އެއް ދުވަހު މި ފުޓުބޯޅާ އީދުގެ މުއްދަތުގައެވެ. މި ފަސް ބުރުން ކޮންމެ ބުރެއްގައިވެސް ވެސް ނަސީބުވެރި އެއް ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއިން ކޮންމެ ފަރާތަކަށްވެސް ސޮނީ ސްޕޯޓްސްގެ 3000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ. މީގެ އިތުރުން ހުރިހާ ބުރެއްގެ ބައިވެރިންތެރެއިން ހޮވާލެވޭ އެއް ނަސީބުވެރިއަކަށް ޕްލޭސްޓޭޝަން 5 އަދި ފީފާ 23 ގެ ގޭމް ސީޑީއެއް ލިބޭނެއެވެ.
މި ސޯޝަލް މީޑިއާ ކުއިޒްގެ އިތުރުން ދިރާގުން ދަނީ އެ ކުންފުނީގެ ‘ދިރާގު ފުޓުބޯޅަ އީދު’ ގެ ތަފާތު ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރެއިން “ޖެހީ ލިބުނީ” ޕްރޮމޯޝަންގެ ދަށުން ކޮންމެ ދިރާގު ކަސްޓަމަރަކަށްވެސް އެފަރާތެއް ސަޕޯޓުކުރާ ޓީމް ގޯލެއް ޖެހުމުން ހިލޭ ޑޭޓާ ލިބޭނެއެވެ. އަދި މީގެ އިތުރުން ދިރާގުން ވަނީ ވައިބަރ، ޓެލެގްރާމް، އިންސްޓަގްރާމް އަދި ސްނެޕްޗެޓްގައި ‘ދިރާގު ފުޓުބޯޅަ އީދު’ ގެ ޚާއްސަ އެނިމޭޓަޑް ސްޓިކަރ ޕެކެއް ވެސް ލޯންޗުކޮށްފައެވެ. މި ޕްރޮމޯޝަންތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް http://bit.ly/3XeNFd9
ދިރާގުން މަސައްކަތް ކުރަމުންދަނީ މި ފުޓުބޯޅަ އީދު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރަށް ފޯރިގަދަކޮށް އަގުހުރި އޮފާރތައް މެދުވެރިކޮށް ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކޮށްދުނުމަށެވެ.