މިދިޔަ 4 އަހަރުތެރޭ އެސްޓީއޯ އިން ވަނީ ރެކޯޑު މިންވަރަށް ފައިދާ ހޯދާފައި ކަމަށް އެ ކުންފުނިން ބުނެފި

1 ޑިސެމްބަރ 2022 - 16:00

މިދިޔަ 4 އަހަރުތެރޭގައި އެސްޓީއޯ އިން ރެކޯޑު މިންވަރެއްގެ ފައިދާ ހޯދައި ގިނަ މަސައްކަތްތަކެއް ރައްޔިތުންނަށްޓަކައި ކޮށްދީފައެވެ. އެގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި؛

• 7 ޖެނުއަރީ 2019 ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި އެސްޓީއޯއާއެކު، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ސަރުކާރުގެ ނާސްތާ ޕްރޮގްރާމުގެ ދަށުން ޑެވަންޑޭލް ފޯރުކޮށްދިނުމަށް އެއްބަސްވުމާއި،ދަރުމަވަންތަ ހޮސްޕިޓަލާއި އައްޑޫ ހޮސްޕިޓަލުގައި އެސްޓިއޯގެ ފާމަސީ އެއް ހުޅުވައި، އެސްޓީއޯގެ މެންޑޭޓުގެ މައިގަނޑު އެއް އަސާސްކަމުގައިވާ ރާއްޖޭގެ ފުޑް ސެކިއުރިޓީ ދެމެހެއްޓުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކާޑުގެ ބާވަތްތައް ހުސްނުވެ ހަމައަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި އެސްޓިއޯ ސްޓޭޕްލްސް އެޖެންޓުން އައްޔަންކުރަން ފެށުން ހިމެނެއެވެ. އަދި އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ކޯސް ހެދުމުގެ ފުރުސަތު އާންމުންނަށް ފަހި ކޮށްދިނުމާއި ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ ގޮތުން ސެންޓްރަލް ސްޓެރައިލް ސާރވިސެސް ޑިޕާޓްމެންޓު ސެޓްއަޕް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްއަށް ފޯރުކޮށްދީ ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނަރއެއް އިންސްޓޯލްކޮށްދިނުމާއި ހދ. ކުޅުދުއްފުއްޓަށް އެމްއާރުއައި ޑައިގްނޯސްޓިކް އިކުއިޕްމެންޓު ހަދިޔާކޮށްދިނުން ވެސް ހިމެނެއެވެ. މީގެއިތުރުން އާއްމުންނަށް ފަސޭހަކޮށްދިނުމުގެގޮތުން އޮންލައިން ފޯމު މެދުވެރިކޮށް ބޭސް ސިޓީ ފޮނުވޭނެ ގޮތްވެސް އެސްޓިއޯ އިން ވަނީ ހަމަޖައްސާފައެވެ.

advertisement

2020 ވަނަ އަހަރުގެ މާރޗް މަހު އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިންގް ގާއިމުކޮށް އެ އަހަރުގެ އޭޕްރިލް މަހުގައި އެމްއެސްއެސްގެ ފުރަތަމަ ޝިޕިންގ ވެސަލް އައިބީރިއަން އެކްސްޕްރެސް މާލެ ގެނެސްފައިވެއެވެ.

• ހަމަ މިއާއި އެކު އެސްޓިއޯއިން ވަނީ މިނިސްޓްރީ އޮފް ހެލްތުއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، 96 އެމްބިއުލަންސް ގެނެސް، ރާއްޖޭގެ ރަށްރަށަށް ޑެލިވަރކޮށްދީފައެވެ.

• އެ ކުންފުނިން ކޮށްފައިވާ މުހިންމު އެހެން މަސައްކަތްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ހެލްތު، ނޭޝަނަލް ޔުނިވަރސިޓީ، އަދި ޖީއީ ހެލްތުކެއާ ގުޅިގެން އެސްޓީއޯއިންވަނީ ޑިޕްލޮމާ އިން ރޭޑިއޮލޮޖީ ކޯސް ހިންގުމަށް އެއްބަސްވުމާއި

• ދަނޑުވެރިން އުފައްދާ މުދާ ފައިދާވާނެ އަގުތަކެއްގައި ވިއްކުމަށް މަގުފަހި ކުރުމުގެ ގޮތުން އެސްޓީއޯ އެގްރިސެންޓަރ ގާއިމުކުރުން ވެސް ހިމެނެއެވެ. މުހިންމު އެހެން މަސައްކަތްތަކުގެ ތެރޭގައި ރާއްޖެ އެތެރެކުރާ ތެލުގެ ކޮލިޓީ ޓެސްޓްކުރާ ފިއުލް ޓެސްޓިންގ ލެބޮޓަރީއެއް ގާއިމްކުރުމާއި ތިލަމާލެ ބްރިޖަށް ރެޑީ މިކްސް ސަޕްލައިކޮށްދިނުމަށް އިންޑިޔާގެ އެފްކޮން ކުންފުންޏާއެކު މެއި 2022 ގައި ސޮއިކޮށް، މި ޕްރޮޖެކްޓްގެ ދަށުން 7500 ސީ.ބީ.އެމްގެ ކޮންކްރީޓް ސަޕްލައިކޮށްދިނުމަށް އެއްބަސްވުންވެސް ހިމެނެއެވެ.

• އަލަށް ވިހާ ކުދިންނަށްދޭ ހަދިޔާ ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ ހުރިހާ ރީޖަނަލް އަދި ސިޓީ ހޮސްޕިޓަލްތަކުގައި މި ޕްރޮގްރާމް ފަށާފައިވުމަކީ ވެސް އެ ކުންފުނިން ކުރަމުން އަންނަ މުހިންމު މަސައްކަތެއް ކަމުގައި އެ ކުންފުނިން މައުލޫމާތުދެއެވެ. އެސްޓީއޯ އިން މައުލޫމާތުދޭ ގޮތުގައި ރައްޔިތުންނާއި މި ގައުމަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ފޮރުކޮށްދިނުމުގެ އިތުރު އެހެން މަސައްކަތްތައް ވެސް އެކުންފުނިން ދަނީ މެދުކެނޑުމެއް ނެތި ކުރަމުންނެވެ.

ރިއެކްޝަންސް
0
0
0
0
0
0
0