މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
3 ޑިސެމްބަރ 2022 - 19:54
ވެލާނާ އެއާޕޯޓަށް އެމަޖެންސީ ކޮށް ފްލައިޓެއް ޖައްސައިފި
އެމަޖެންސީކޮށް މަތިންދާ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ. ފްލައިޓް ޖައްސަން މެދުވެރިވި ސަބަބު އަދި ނުހޯދޭ ކަމަށް އެއާޕޯޓުން މައުލޫމާތުދެއެވެ.
މުޅިން 9 އަހަރަށް ފަހު ގޯތި ދޫކުރަނީ
9 އަހަރަށް ފަހު މ. މުލީ އިން ގޯތި ދޫކުރަން ނިންމައިފިއެވެ. އެރަށުން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2013 ވަނަ އަހަރުގައެވެ
އއ. ތޮއްޑޫ އަށް އަލިފާން ނިއްވާ ޕަމްޕް ސިސްޓަމެއް ހަދިޔާކުރުން
އއ ތޮއްޑޫގައި އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމެއް ގާއިމުކޮށް އަލިފާން ނިއްވާ ޕަމްޕް ސިސްޓަމެއް ހަދިޔާކޮށްފި އެވެ. އެމްއެންޑީއެފްގެ އަލިފާން ނިވާ ޕަމްޕް ސިސްޓަމް އެ ރަށުގެ ކައުންސިލާއި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އެވެ.
އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ ކުޅުދުއްފުށީ ހޮސްޕިޓަލަށް ޒިޔާރަށް ކުރެއްވުން
CEO of @aeh_mv, @DrSolih tours the KRH facility accompanied by CEO @AhmedDavidmv. Dr. Solih will observe the facility and services provided and meet relevant teams to have a better understanding before providing his expertise on areas for improvement.@presidencymv pic.twitter.com/Wu5yqNl3Ta— Kulhudhuffushi Regional Hospital (@KRHmv) December 3, 2022
އައްޑޫ ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސޯލިހު ކުޅުދުއްފުށީ ހޮސްޕިޓަލަށް ޒިޔާރަތް ކޮށްފި އެވެ. މި ޒިޔާރަތުގައި އެ ހޮސްޕިޓަލުން ފޯރުކޮށްދޭ އެކި ހިދުމަތްތައް ޑރ. ސޯލިހު ބައްލަވާލައްވާނެއެވެ.
ލަންކާގެ ތިން މަސް ބޯޓެއް އަތުލައިގެންފި
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ 3 މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފި. pic.twitter.com/RyLyGvptWI— Maldives National Defence Force (@MNDF_Official) December 3, 2022
ސްރީލަންކާގެ ތިން މަސް ބޯޓެއް ޤާނޫނާއި ހިލާފަށް ރާއްޖޭގެ ކަނޑު ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގެންފިއެވެ. މި ބޯޓުތައް މިހާރު ހުރީ އެންއެންޑިއެފް ކޯސްޓްގާޑް ޝިޕުގެ ބެލުމުގެ ދަށުގައެވެ.