ހިލޭ ގާނޫނީ ލަފާދޭ ޖަމިއްޔާ ޕިލްކުގެ މޯބައިލް ލީގަލް ކްލިނިކް އއ.ބޮޑުފޮޅުދޫއަށް
7 ޑިސެމްބަރ 2022 - 15:45
ހިލޭ ގާނޫނީ ލަފާދޭ ޖަމިއްޔާއެއް ކަމަށްވާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ މޯބައިލް ލީގަލް އެއިޑް ކްލިނިކް މިއަންނަ ހުކުރު ދުވަހު އއ.ބޮޑުފޮޅަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދީފި އެވެ.
މި ކޭމްޕް ކުރިއަށް ދިޔުމަށް ރާވާފައިވަނީ މިއަންނަ ހުކުރު ދުވަހު، ޑިސެމްބަރު 9ގައި އއ. ބޮޑުފޮޅުދޫ ބަނދަރުމަތީގައި ހަވީރު 4އުން އިރުއޮއްސެންދެނެވެ.
MOBILE LEGAL AID CLINIC
This month PILC team will be travelling to AA. Bodufolhudhoo to conduct a Mobile Legal Aid Clinic.
In collaboration with @ABARuleofLaw #PilcMLAC #legalawareness #LegalAid pic.twitter.com/DLDKFtjVsn— Public Interest Law Centre (@pilcmv) December 6, 2022
މި ކޭމްޕްގައި އެހީވެދޭ މައްސަލަތަކުގެ ތެރޭގައި، އާއިލާއާ ބެހޭ މައްސަލަތައް (ވަރި، ހަރަދު، ހަލާނަތް…)، ވަޒީފާއާއި ބެހޭ މައްސަލަތައް، ބިމާއި މުދަލުގެ މައްސަލަތައް، ބޭންކް ލޯނާއި ބެހޭ މައްސަލަތައް، ގެވެށި އަނިޔާއާ ގުޅޭ މައްސަލަތައް (މަދަނީ ބައި)، އިންސާނީ އަދި އަސާސީ ހައްގުތަކާ ބެހޭ މައްސަލަތައް، އަދި ބިދޭސީ މަސައްކަތްތެރީންގެ ހައްގުތަކާ ބެހޭ މައްސަލަތައް ހިމެނެ އެވެ.
މީގެ އިތުރުން އިޖްތިމާއީ އެހީ ހޯދުމަށް ފޯމް ފުރުމަށްވެސް މި ކޭމްޕުގައި އެޖަމިއްޔާއިން އެހީތެރިވެދޭނެ އެވެ. އޭގެ ތެރޭގައި:
- އެކަނިވެރި މައިންނާއި ބަފައިންނަށް ލިބޭ އެހީ
- ނުކުޅެދުންތެރިކަން ހުން ފަރާތްތަކަށް ލިބޭ އެހީ
- އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އިނާޔަތް
އެ ޖަމިއްޔާއިން އިތުރަށް ހާމަކޮށްފައިވަނީ ގާނޫނަށް ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއްވެސް ކުރިއަށް ގެންދިޔުމަށް ރާވާފައި ކަމަށެވެ. މިސެޝަންގައި ދެކޭވޭނެ މައުލޫތަކުގެ ތެރޭގައި، ކޯޓުތަކަށް މައްސަލަ ހުށަހަޅާނެ ގޮތާއި، ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ލިބިދޭ ހައްގުތަކާއި، ބިމާ ބެހޭ ގާނޫނާއި، އަދި އާއިލާއާ ބެހޭ ގާނޫނުފަދަ މައުލޫމާތުދިނުން ހިމެނެ އެވެ.
މި ސެޝަން ކުރިއަށްދާނީ 9 ޑިސެމްބަރުގެ ހެނދުނު 9އަކުން 11 ޖަހަންދެން ބޮޑުފޮޅުދޫ ސުކޫލުގައި ކަމަށް އެ ޖަމާއަތުން މައުލޫމާތުދިނެވެ.