އެޗްޑީސީން މަމްސް އެންޖީއޯއާއި ގުޅިގެން ރައްޔިތުންނަށް ބޮޑު އެހީއެއް

19 ޑިސެމްބަރ 2022 - 10:00

އެޗްޑީސީއާއި މަމްސް އެންޖީއޯއާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި މަމްސް އެންޖީއޯގެ ފަރާތުން ސޮއިކުރެއްވީ ކޯ-ފައުންޑަރ ސިތްރާ މުހައްމަދެވެ.

advertisement

އެޗްޑީސީގެ ފަރާތުން މަމްސް އެންޖީއޯއަށް ވަނީ ހިޔާ ފުލެޓުގެ ޔުނިޓެއް ހިލޭ ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއީ، އެޗްޑީސީގެ ސީއެސްއާރް އިނީޝިއޭޓިވްގެ ދަށުން އޮފީސް ސްޕޭސްއެއްގެ ގޮތުގައި، މަމްސް އެންޖީއޯއަށް ޑޮނޭޝަންގެ ގޮތުގައި ހަދިޔާ ކުރެވިފައިވާ ސާމާނުތަކާއި އަދި އެހެނިހެން ތަކެތި ސްޓޯކުރުމަށް ހާއްސަކޮށް ދީފައިވާ ޔުނިޓެކެވެ.

މި ޔުނިޓު ހުންނާނީ H8 ވަނަ ޓަވަރުގައެވެ. މީގެއިތުރުން، މަމްސް އެންޖީއޯ އިން ހިޔާ ފުލެޓުގައި ދިރިއުޅެމުންދާ އަންހެން ފަރާތްތަކާއި ގުޅުން ބަދަހިކޮށް އެމީހުންގެ ކަންބޮޑުވުންތައް އަޑުއަހާ އެޗްޑީސީއާއިއެކު ވަކި ކެމްޕެއިނެއްގެ ދަށުން އެހީތެރިވުމަށްވެސް އެއްބަސްވެފައިވެއެވެ.

އަދި މަމްސް އެންޖީއޯއަށް “ހޯޕް ފޮ މަމްސް” ކެމްޕެއިންގެ ދަށުން ލިބިފައިވާ ކޮންސްޓްރަކްޝަން ސާމާނުތައް ބެހެއްޓުމަށް އެޗްޑީސީގެ ވެއަރހައުސް ސްޕޭސްއެއް ކަނޑައަޅާދިނުމުގެ އިންތިޒާމްތައްވެސް ހަމަޖެހިފައިވެއެވެ. އަދި މި ކެމްޕެއިންގެ ދަށުން އެޗްޑީސީގެ ޑިޒައިން ޓީމުން ގެތައް އެޅުމުގެ ޑިޒައިން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ އެއްބަސްވެފައެވެ.

މަމްސް އެންޖީއޯއަކީ މުޖުތަމައުގައި އެންމެ އެހީތެރިކަން ބެނުންވެފައިވާ ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯ އެކެވެ. ’މަމްސް އެންޖީއޯ’ ގެ މައިގަނޑު މަޤްޞަދަކީ ދިވެހި މަންމައިން ބާރުވެރިކުރުވުމެވެ.

މިއީ މީސްމީޑިއާ ފޭސްބްކްގައި ’މަމްސް އެމްވީ‘ ގެ ނަމުގައި ކމަންމައިން އިސްވެ ހިންގާ ހަރަކާތެއްވެސް މެއެވެ. މި ގްރޫޕްގައި 39 ހާހަށްވުރެން ގިނަ މައިން ހަރަކާތްތެރިވެއެވެ. މިގޮތުން، ހާލުގައި ޖެހިފައިވާ އެކަނިވެރި މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާ، އަންހެނުން ވަކިން ޙާއްސަކޮށް އެކަނިވެރި މައިން މުޖްތަމާޢުގައި ބާރުވެރި ކުރުމަށް އެކި ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ ޖަމިއްޔާއެކެވެ.

މިގޮތުން، ބެކް ޓު ސްކޫލް، މަމްސް އެކްސްޕޯ ފަދަ ހަރަކާތްތައް ފާހަގަކޮށްލެވެއެވެ. މި ކޯޕަރޭޝަނުން ގަބޫލުކުރާގޮތުގައި މި އެއްބަސްވުމުގެ ދަށުން ބޭނުންޖެހިފައިވާ ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވި މިކަމުގެ ސަބަބުން ހެޔޮބަދަލެއް މުޖުތަމައު ތެރޭގައި ފެނިގެންދާނެއެވެ.

ރިއެކްޝަންސް
2
0
0
0
0
0
0