އެޗްޑީސީގެ ހިދުމަތްތައް މައިހުޅުމާލޭ ޕޯޓަލްއިން ފަސޭހަކަމާއިއެކު

24 ޑިސެމްބަރ 2022 - 11:25

މީގެ ކުރިން އެޗްޑީސީން ގިނަ ހިދުމަތްތައް ދެމުން އައީ ކަރުދާހުގައި ގިނަ ފޯމްތަކެއް ހުށަހަޅާ ކިޔޫގައި ގިނަ ވަގުތުތަކެއް ހޭދަކޮށްގެންނެވެ. މިކަމަށް އެތަކެއް ރައްޔިތުންނެއްގެ އަގުހުރި ވަގުތު ހޭދަކުރަންޖެހެއެވެ. ފޯމު ޕްރޮސެސްވުމުގައިވެސް ގިނަ ވަގުތު އަދި އުނދަގޫތަކާއި އާންމުން ކުރިމަތިލާންޖެހެއެވެ. މީގެއިތުރުން މިކަމަކީ އެހާމެ ހަރަދު ބޮޑު، އެތަކެއް ތަކުލީފަކާއި ކުރިމަތިލާންޖެހޭ ކަމެކެވެ.

އެހެންނަމަވެސް މިހާރު އެޗްޑީސީން ދެމުންއައި ގިނަ ހިދުމަތްތަކަށް ބޮޑެތި ބަދަލުގެނެސް، ހުރިހާ ހިދުމަތެއް އެއް ތަނަކުން ހޯދޭނެހެން އޮންލައިން ޕޯޓަލް އެއްވަނީ ތައްޔާރު ކުރެވި ބޭނުންކުރަން ފަށާފައެވެ. މިގޮތުން މައިހުޅުމާލެ ޕޯޓަލް ގެ ނަމުގައި ތައާރަފް ކުރެވުނު ޕޯޓަލް ވެގެން ދިޔައީ އެތައް ބަޔަކަށް ގިނަގުނަ ލުއިތަކައެއް ލިބިގެން ދިޔަކަމަކަށެވެ. މީގެ އިތުރުން ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންނަށް މި ކޯޕަރޭޝަނުން ފޯރުކޮށްދޭ ހިދުމަތްތަކާއި އެހެނިހެން މައުލޫމާތު އެއްތަނަކުން ފަސޭހަގޮތެއްގައި މައިހުޅުމާލެ ޕޯޓަލްއިން ލިބިގެން ދާނެއެވެ.

advertisement

 މި ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި މުނިސިޕަލް ހިދުމަތް، އިވެންޓް ސްޕޭސް ފަދަތަންތަން ބުކްކުރުން، އަދި ހިދުމަތްތަކަށް އެދިލެއްވުން ފަދަ ކަންކަން ހިމެނެއެވެ. މިގޮތުން މަގުމަތީގައި މަސައްކަތް ކުރާ ފަރާތްތަކަށް މަގު ބަންދުކުރުމުގެ ހުއްދަ ވެސް މި ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެއެވެ.

މި ކޯޕަރޭޝަނުން އިވެންޓް ސްޕޭސްގެ ގޮތުގައި އާންމުންނަށް ދޫކުރާ އެންމެ މަގުބޫލު އެއްތަން ކަމަށްވާ ފަރުކޮޅުފުށިވެސް އޮންލައިންކޮށް ޕޯޓަލް މެދުވެރިކޮށް ބުކް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. ކައިވެނީގެ ހަފްލާތަކާއި ކޯޕަރޭޓް އިވެންޓްސް އަދި އެކި ކަހަލަ ފަންކްޝަންތަކަށް ފަރުކޮޅުފުށީގެ ކޯޓްޔާޑް އަދި ކޮންފަރެންސް ހޯލް އާންމުންނަށް ބޭނުންކޮށްލެވޭނެއެވެ.

މި ޕޯޓަލް ތައާރަފްކުރެވުމުގެ ސަބަބުން މިކޯޕަރޭޝަނުން ހިދުމަތްހޯދާ ގިނަބައެއްގެ ވަގުތު ސަލާމަތްވެ، ދެވޭހިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމާއި ހިދުމަތްތައް އަވަސްވެ އަދި ކުންފުނީގެ ހަރަދުވެސް ކުޑަވެގެންދާނެއެވެ. އެޗްޑީސީ އިން ރައްޔިތުންއެދޭ ކަންކަން ގާތުން ބަލައި، ރައްޔިތުން އެދޭގޮތަށް ހިދުމަތް ދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

https://my.hdc.com.mv/

ރިއެކްޝަންސް
0
0
0
0
0
0
0