މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
25 ޑިސެމްބަރ 2022 - 16:43
ބާވީސް ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި އިފްތިތާޙްކޮށްފި
ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް އިންޓެލިޖެންސް ސަރވިސްގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް އިބްރާހިމް ނަޢީމެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެޙުމާން ކާނަލް އިބްރާޙީމް ނަޢީމް ވަނީ ކޭޕްމްގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
މިނިސްޓަރ ޑރ . ހުސައިން ރަޝީދު ހަސަން ހއ. އިހަވަންދޫ ކައުންސިލާއި ބައްދަލުކޮށްފި
މނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ . ހުސައިން ރަޝީދު ހަސަން ހއ. އިހަވަންދޫ ކައުންސިލާއި ބައްދަލުކުރުން . މި ބައްދަލު ވުމުގައި އހ. އިހަވަންދޫގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ ކޯލްޑް ސްޓޯރޭޖް އިމާރާތް ކުރާނެ ބިން ކަނޑައެޅުމަށް މަޝްވަރާކުރެވުނު pic.twitter.com/lfe1kriEmO
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) December 24, 2022
މނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ . ހުސައިން ރަޝީދު ހަސަން ހއ. އިހަވަންދޫ ކައުންސިލާއި ބައްދަލުކޮށްފިއެވެ. މި ބައްދަލު ވުމުގައި އހ. އިހަވަންދޫގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ ކޯލްޑް ސްޓޯރޭޖް އިމާރާތް ކުރާނެ ބިން ކަނޑައެޅުމަށް މަޝްވަރާކުރިއެވެ.
އެޑިއުކޭޝަން މިނިސްޓަރ ކުޅުދުއްފުށި ސިޓީ ކައިންސިލާ ބައްދަލުކޮށްފި
މިނިސްޓަރ @aisthly، ކުޅުދުއްފުށި ސިޓީ ކައުންސިލާ ބައްދަލުކުރެއްވުން. މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީގެ ސްކޫލްތަކާ ގުޅޭ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި. pic.twitter.com/BQYcyysQi4— Ministry of Education (@MoEdumv) December 25, 2022
އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ކުޅުދުއްފުށި ސިޓީ ކައުންސިލާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީގެ ސްކޫލްތަކާ ގުޅޭ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ކޮޅިފުށިގައި ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ތައްޔާރުވަނީ
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް މިއަހަރު ރަސްމީކޮށް ފާހަގަކުރާ މ.ކޮޅުފުށިގައި ވަމުންދާ އެއންމެ ފަހުގެ ތައްޔާރީތައް. ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ މަދަމާ ހެނދުނު 10:30ގައި މ.އަތޮޅު މަދަރުސާގައި. pic.twitter.com/0YNLSqRijl— Home Ministry, MV (@HomeMinistrymv) December 25, 2022
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް މިއަހަރު ރަސްމީކޮށް ފާހަގަކުރާ މ.ކޮޅުފުށިގައި ވަމުންދާ އެންމެފަހުގެ ތައްޔާރީތައް ވަމުންދަނީއެވެ. މި ރަސްމީ ޖަލްސާ އޮންނާނީ މަދަމާ ހެނދުނު 10:30ގައި މ.އަތޮޅު މަދަރުސާގައެވެ.
ބިން ހިއްކުމަށް ބޭނުންވާ ސާމާނު އައްޑޫ ސިޓީއަށް
Cargo vessel "HC MELINA" arrived at Hithathoo Port today with machineries and equipment of Dutch Maritime contracting company Van Oord.
Van Oord is contracted to carry out the land reclamation project of Addu City. pic.twitter.com/AhkmmsZgEc— Hithadhoo Port Limited (@adduport) December 24, 2022
އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ބޭނުންވާ ބައެއް ސާމާނު އެ ސިޓީއަށް ގެންގޮސްފިއެވެ. ހިތަދޫ ޕޯޓް ލިމިޓެޑްއިން ބުނީ މިއަދު ބަނދަރުކުރި “އެޗް ސީ މެލީނާ” ނަމަކަށް ކިޔާ ކާގޯ ބޯޓަކުން އައްޑޫ ސިޓީ ބިން ހިއްކުމަށް ބޭނުންވާ ސާމާނު ގެނެސްފައިވާކަމަށެވެ