އުރީދޫއިން ކްލަބް ޕްރިމިއާގެ ހުރިހާ މެންބަރުންނަށް އާ އަހަރުގެ ޑިސްކައުންޓް!

1 ޖެނުއަރީ 2023 - 11:58

އުރީދޫ ކްލަބް ޕްރީމިއަރ ކަސްޓަމަރުންނަށް އާ އަހަރުގެ ހާއްސަ ހަދިޔާއެއްގެ ގޮތުގައި ކޮކޯ ޓްރީސް، މީޓް ސްޓްރީޓް، ސެންޓްރަލް ޕާކް ކެފޭ އަދި ކްރޭޕް ރަނަރ އިން ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ހާއްސަ ޑިސްކައުންޓް އޮފާއެއް ތައާރަފްކޮށްފިއެވެ. މި ހޮވާ ލެވިފައިވާ އައުޓްލެޓްތަކަށް ޒިޔާރަތްކުރާ ކްލަބް ޕްރިމިއާގެ ހުރިހާ މެންބަރުންނަށް 31 އޮކްޓޯބަރ 2022 އިން ފެށިގެން 1 ޖެނުއަރީ 2023 ގެ ނިޔަލަށް 23% އިންސައްތަޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ.

މި އޮފާ އަކީ ކްލަބް ޕްރިމިއާ މެމްބަރުން އުރީދޫ މޯލްޑިވްސްއަށް ޒަމާނުއްސުރެ ކުރާ އިތުބާރާއި ވަފާތެރިކަމުގެ ހާއްސަ ހަދިޔާއެއްގެ ގޮތުގައި 2022 ވަނަ އަހަރު ނިމުމުގެ އުފާ ފާޅުކޮށް، ރައްޓެހިންނާއި އާއިލާއާ އެކު އާ އަހަރަކަށް މަރުހަބާ ކިޔަމުން އަންނަ އިރު އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުންނެވެ.

advertisement

ސެންޓްރަލް ޕާކް ކެފޭ

ހުޅުމާލޭ ފޭސް 1 ގައި ހުންނަ ސެންޓްރަލް ޕާކް ކެފޭއިން ހޯމް ސްޓައިލްގެ ރަހަ މީރު ތަފާތު ވައްތަރުގެ ކެއުންތައް ހެޔޮ އަގެއްގައި ގެނެސްދިނުމަކީ އެ ރެސްޓޯރަންޓްގެ ވައުދެކެވެ. ގިނަ އަދަދެއްގެ ކެއުންތަކާއި އަރާމު މާހައުލަކާއެކު މި ކެފޭއަކީ ލޯބިވާ މީހުންނާއެކު ވަގުތުކޮޅެއް ހޭދަކުރަން ވަރަށް ފުރިހަމަ ކެފޭއެކެވެ. 

ލޮކޭޝަން: ކިމްބިންގަސް މަގު – 01 ގޯޅި، ހުޅުމާލެ ފޭސް 1  

މީޓް ސްޓްރީޓް

މީޓް ސްޓްރީޓަކީ މީޓަށް ލޯބިކުރާ އެންމެންނަށް ވެސް ކެއުމުގެ އެންމެ ފުރިހަމަ ތަޖުރިބާ ލިބިގެންދާނެ ރެސްޓޯރަންޓްއެކެވ. މީޓް ސްޓްރީޓުން އާ އަހަރާ ދިމާކޮށް ތަފާތު ހަތަރު ކަބާބް ސްޕެޝަލްއާއި އެކު ހާއްސަ ކަބާބް ނައިޓެއް ބާއްވަންވަނީ ހަމަޖެހިފައެވެ. 

ތަން: 10397، އަހިގަސް މަގު ހުޅުމާލެ ފޭސް 1

ކްރެޕެ ރަނަރ

ރައްޓެހިންނާއި އާއިލާއާއެކު ބޭރުގައި ވަގުތުކޮޅެއް ހޭދަކުރަން ބޭނުންވާ ކަސްޓަމަރުންނާއި ލުއި ނަމަވެސް ރަހަމީރު ކާއެއްޗެއް ބޭނުންފުޅުނަމަ ކްރެޕޭ ރަނަރަކީ ދާން ޖެހޭ ތަނެކެވެ. ސްރީލަންކާގެ އުފެއްދުމެއް ކަމައްވާ ކްރެޕޭ ރަނަރ މަޝްހޫރުވެފައި ވަނީ އެންމެ ރަހަ މީރު ތަފާތު ވައްތަރު ގެ ފޮނި އަދި ކުޅި ކެރޕޭ ތައްޔާރު ކުރާ ތަނެއްގެ ގޮތުގައެވެ.

ލޮކޭޝަން: ބޮޑުތަކުރުފާނު މަގު މާލެ

ކޮކޯ ޓްރީސް

ކޮކޯ ޓްރީސް އަކީ ދުނިޔޭގެ އެންމެ މަގުބޫލުކަން ހޯދާފައިވާ ޗޮކްލެޓް ބްރޭންޑްތައް ލިބޭ ޗޮކްލެޓަށް ލޯބިކުރާ މީހުންނަށް ހާއްސަ ފިހާރައެކެވ. އާއިލާ އާއި ރައްޓެހިންނަށް ޝުކުރު އަދާކޮށް އާ އަހަރުގެ ތަހުނިޔާ ކިޔަން ބޭނުންވާ ކްލަބް ޕްރީމިއަރަ މެމްބަރުންނަށް ކޮކޯ ޓްރީސް އަށް ޒިޔާރަތްކޮށް ހުރިހާ އައިޓަމަކުން %23 ޑިސްކައުންޓް 31 ޑިސެމްބަރ 2022 އަދި 1 ޖެނުއަރީ 2023 ވަނަ ދުވަހު ލިބިވަޑައިގަންނަވާނެއެވެ.

ތަން: ހ. އާގަދާގޭ ގްރައުންޑް ފްލޯ، ބޮޑުތަކުރުފާނު މަގު، މާލެ، މޯލްޑިވްސް

ކްލަބް ޕްރިމިއަރ ޚިދުމަތް އުރީދޫއިން ތައާރަފްކުރީއްސުރެ، މި ޚިދުމަތް ފުޅާކޮށް ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދެއެވެ. އެގޮތުން ފަހުގެ އައު ބްރޭންޑްތަކާއި ޕާޓްނަރވެ ހާއްސަ ޑިސްކައުންޓްތައް ފޯރުކޮށްދެއެވެ.

ރާއްޖޭގެ ބްރޭންޑްތަކަށް ބަލާއިރު ނަދާ ސެލޫން އެންޑް އެއިސްތެޓިކްސް، ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ސޮނީ ލައިފްސްޓައިލް، ކައިލާންގެ އިތުރުން އެހެނިހެން މަގްބޫލް ބްރޭންޑްތަކުން %20 އާއި ހަމައަށް ޑިސްކައުންޓް ލިބެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0