މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
4 ޖެނުއަރީ 2023 - 16:33
މިއަދު މެންދުރުފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުން
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، މިއަދު މެންދުރު 14:00 އިން 16:00 އަށް ހެންވޭރުގެ އަމީރު އަހުމަދު މަގާއި، ކަސްތޫރިމަގު އަދި ރޯޝަނީ ގޯޅިން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. ދިމާވެދާނެ ދަތިތަކަށް މާފަށް އެދެން. pic.twitter.com/cwMgZGWg6x— STELCO (@STELCOMALDIVES) January 4, 2023
ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، މެންދުރު 14:00 އިން 16:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ދިޔަކަމަށެވެ. ކަރަންޓު ކެނޑިފައިވަނީ ހެންވޭރު އަމީރު އަހުމަދު މަގާއި، ކަސްތޫރިމަގު އަދި ރޯޝަނީ ގޯޅިން ނެވެ.
ހޯރަފުށީގައި އިންޓަރނޭޝަނަލް ސުކޫލެއް ހިންގަން 3 ފަރާތެއްގެ ޝައުގުވެރިކަން
މި މަސައްކަތަށް ޝައުގުވެރިކަން ފަޅުކުރި 3 ފަރާތަށް ބިޑް ހުށައެޅުމުގެ މުއްދަތު ކައުންސިލުން ވަނީ މިމަހުގެ 22 އަށް އިތުރުކޮށްދީފައި ވެއެވެ. ކުރިން އެ މުއްދަތު ކަނޑައަޅާފައި އޮތީ މިިދޔަ މަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ހުރީ 7 ބިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ 7.1 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ގެ ނިޔަލަށް އެސްޑީއެފް ފަންޑަށް 820 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.
ޖެންޑާ މިނިސްޓަރ ރަ އަތޮޅަށް ޒިޔާރަތް ކޮށްފި
މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ރ. އަލިފުށި ކައުންސިލް އަދި ރ. އަލިފުށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލު ކުރައްވައިފި pic.twitter.com/LhbYQmoGRI— Ministry of Gender, Family and Social Services (@MoGFSSmv) January 4, 2023
މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ރ. އަލިފުށި ކައުންސިލާއި ބައްދަލުކޮށްފިއެވެ. އަދި އެ އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.
ސިނަމާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
Hulhumale bridge what an accident upside down pic.twitter.com/TDYYy0yJI0— Shery (@sherymono) January 4, 2023
މި އެކްސިޑެންޓު ހިނގީ ބްރިޖުން އެއާޕޯޓަށް ދާ ދިމާލުގައެވެ. އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖް މަތިން ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައިގެނެވެ.