ދިފާއީ ނިޒާމު ވަރުގަދަކޮށް ބަލިތަކުން ދުރުވުމަށް ކަސްރަތު

10 ޖެނުއަރީ 2023 - 10:59

ޖާނަލް އޮފް ސްޕޯޓްސް އެންޑް ހެލްތް ސައިންސް އިން 2019 ވަނަ އަހަރު ހަދާފައިވާ ސައިންޓިފިކް ރިވިއު ގައި ވާ ގޮތުން، ކަސްރަތު ކުރުމުން މީހާގެ ދިފާއީ ބާރު ރަނގަޅުކޮށްދީ، ބަލިތައް ޖެހުމުގެ ނުރައްކާ ކުޑަކޮށް، އަދި އިންފްލެމޭޝަން އިން މީހާ ސަލާމަތްކޮށްދިނުމަށް އެހީވެދެއެވެ.

މި ދިރާސާގައި ކަސްރަތު ކަމުގައި ބަލާފައިވަނީ މެދުމިންވަރު އަދި ހައި އިންޓެންސިޓީ ކަސްރަތު ވެސް ހިމެނޭ ގޮތަށް ކުރާ ކަސްރަތުތަކެވެ. މީގެ ތެރޭގައި ވޯކްއައުޓް ކުރުން އަދި ގަޑިއެއް ހާއިރު ދުވެލުން ވެސް ހިމެނެއެވެ. މި ސްޓަޑީ އިން ހާމަވި ކަންކަމުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަމަކީ؛

advertisement
  • ކަސްރަތުކުރުމުން ހަށިގަނޑުގެ ލޭހޮޅިތަކުން ރަނގަޅަށް ލޭ ދައުރުކޮށް، ދިފާއީ ސެލްތައް ވެސް ހަށިގަނޑުތެރޭގައި ދައުރުވާން ފަށައެވެ. 45 މިނެޓު ހިނގާލުމުން ވެސް ތިން ގަނޑި އިރުވަންދެން ދިފާއީ ސެލްތައް ހަށިގަނޑުތެރޭގައި ދައުރުވިކަން މި ދިރާސާއިން ހާމަވެފައިވެއެވެ.
  • ދިފާއީ ނިޒާމުގެ ބާރު ގަދަ ކުރުމަށްޓަކައި ކޮންމެ ދުވަހަކު ނުވަތަ އާދަކޮށް ކަސްރަތުކުރުން މުހިންމެވެ. އެންމެ ދުވަހަކު ނުވަތަ ދޭތެރެއަކުން ކަސްރަތު ކުރުމުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ސެލްތައް ދައުރުނުވާނެއެވެ.
  • ކަސްރަތުކުރުމުން އިންފެކްޝަންތަކުން މީހާ ދުރުކޮށްދެއެވެ. ހާއްސަކޮށް ދިފާއީ ބާރު ރަނގަޅުވުމުން މީހާގެ ހަށިގަނޑަށް އާއްމުކޮށް ޖެހޭ އިންފެކްޝަންތަކުން ސަލާމަތްވެއެވެ.
  • ދިފާއީބާރު ވަރުގަދަ ކުރުމަށް އެންމެ ރަނގަޅު ކަސްރަތަކީ އެއޮރޮބިކްސް ކަސްރަތެވެ. މިސާލަކަށް ހިނގުން، ދުވުން ނުވަތަ ބައިސްކަލު ދުއްވުމެވެ.
  • މާ ބޮޑަށް ނުވަތަ މާ ގިނަ ވަގުތު ކަސްރަތު ކުރާ ނަމަ ބަލި ވެ، އިންފެކްޗަންތައް ޖެހުމުގެ ފުރުސަތު އޮވެއެވެ. މިސާލަކަށް ހައި އިންޓެންސިޓީ ގައި ހާލްފް މެރަތަން އެއް ދުވުން ނުވަތަ 90 މިނެޓަށް ބާރަށް ދުވުން / ފެތުން ފަދަ ކަސްރަތު ކުރުމުން މީހާގެ ހަށިގަނޑު މާ ބޮޑަށް ސްޓްރެސް ވެ ދިފާއީބާރު ދަށްވާނެއެވެ.
  • 15 މިނެޓު ވަރު ހިނގާލުމަކީ ވެސް މީހާގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށްޓަކައި ހަށިގަނޑުތެރޭގައި ދިފާއީ ސެލްތައް ދައުރުކުރަން ފަށާ މިންވަރުގެ ކަސްރަތެކެވެ.
  • އަލަށް ކަސްރަތު ފަށާ މީހުން އެންމެ ރަނގަޅީ މަޑުން ހިނގަން ފެށުމަށް ފަހު ހަށިގަނޑު ހޭނޭ މިންވަރަށް ބަލައިގެން ކަސްރަތުގެ އިންޓެންސިޓީ މަތި ކުރުމެވެ. 
ރިއެކްޝަންސް
0
0
0
0
0
0
0