މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
11 ޖެނުއަރީ 2023 - 18:15
ނީލަންފިހާރަ އެހެންތަނަކަށް ބަދަލު ކުރަން ކައުންސިލުން ނިންމައިފި
މާލެ ސިޓީގެ ނީލަން ފިހާރަ ކުރިން ހުރި ސަރަހައްދުގައި ނުހިންގަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 84 ވަނަ ޖަލްސާގައި އެވެ.
ޤައުމީ އިނާމު ދިނުމުގެ އުޞޫލަށް ބައެއް ބަދަލުތައް ގެންނަނީ
ގައުމީ އިނާމަށް ކުރިމަތި ލުމުގެ ފުރުސަތު މި މަހުގެ 15 ވާ އާދީއްތަ ދުވަހު ހުޅުވާލަން ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފި އެވެ. އާއްމުކޮށް އިނާމުދޭ ދާއިރާތަކުގެ އިތުރުން އާ ދެ ދާއިރާ އަކުން މި އަހަރު އިނާމު ދިނުމަށް ވެސް ހަމަޖައްސާފައިވެއެވެ.
އެޑިޔުކޭޝަން މިނިސްޓަރ ސްކޫލްތަކަށް ޒިޔާރަތްކުރުން
މި ހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓަރމް ފެށުމާ ގުޅިގެން މިނިސްޓަރ @aisthly، ސްކޫލްތަކަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން މިއަދު @Arabiyya_School އަށް ޒިޔާރަތްކުރައްވާ އެ ސްކޫލްގެ ދަރިވަރުންނާ ބައްދަލުކުރެއްވުން. (1/2) pic.twitter.com/COqh2MWbz5— Ministry of Education (@MoEdumv) January 11, 2023
ދިރާސީ އަހަރުގެ ދެވަނަ ޓާމް ފެށުމާ ގުޅިގެން މިނިސްޓަރ ވަނީ މިއަދު އަރަބިއްޔާ ސްކޫލަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގައި މިނިސްޓަރު ވަނީ އެ ސްކޫލުގައި އަލަށް ޤާއިމްކުރި ލެބޯޓަރީ ބަލައި އަދި ދަރިވަރުންނާއި ބައްދަލުކޮށްފައިވެއެވެ.
ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް
ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި. #MTCCProjects #RayyithungeKunfuni pic.twitter.com/5xYw89TAyv— MTCC Plc (@MTCCPlc) January 11, 2023
ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ.
އެންވާރަމަންޓް މިނިސްޓްރީ އިން ގާޒީ ސްކޫލްގެ ފީލްޑް ޓްރިޕެއްގައި ބައިވެރިވެއްޖެ
A team from the ministry joined a field trip to vilimale, organised by Ghaazee school for their grade 4 students. Interactive sessions covering information on general environment, coastal protection, pollution and waste management were held during the trip. pic.twitter.com/KqnZ49n1UK— Min. of Environment, Climate Change and Technology (@MoEnvmv) January 11, 2023
ގާޒީ ސްކޫލުގެ ގްރޭޑް 4 ގެ ދަރިވަރުން ވިލިމާލެއަށް ކުރި ފީލްޑް ދަތުރެއްގައި މިނިސްޓްރީގެ ޓީމެއް ބައިވެރިވެއްޖެ އެވެ. މި ދަތުރުގައި އާންމު ތިމާވެށްޓާއި އައްސޭރިފަށުގެ ރައްކާތެރިކަމާއި ވައި ތަޣައްޔަރުވުމާއި ކުނި މެނޭޖްކުރުމާ ބެހޭ މައުލޫމާތު ސެޝަނެއް ބާއްވާފައިވެއެވެ.