މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
15 ޖެނުއަރީ 2023 - 17:17
ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި
ރައީސްގެ ދަޢުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މިއީ އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު އެވެ.
ސްޓްރޯކް ޖެހުމުން ކުރާ ސިކުނޑީގެ އޮޕަރޭޝަނެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮށްފި
First to successfully perform a Thrombolysis in Acute Ischemic Stroke in the Maldives, Consultant in Neurology, Dr. Ahmed Rasheed working at @igmhmv has commenced consultancies at KRH as part of the Neuro Camp from 15th – 17th Jan 2023.@presidencymv pic.twitter.com/N2qYVwzicp
— Kulhudhuffushi Regional Hospital (@KRHmv) January 15, 2023
މި އޮޕަރޭޝަން ކާމިޔާބު ކަމާއި އެކު ކޮށްފައިވަނީ ދިވެހި ޑޮކްޓަރެއް ކަމަށް ވާ ޑރ. އަހްމަދު ރަޝީދު އެވެ. މިމަހުގެ 15 އިން 17 އަށް މި ޑޮކްޓަރު ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވާނެއެވެ.
ފީވަކު ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގި މައްސަލާގައި އީޕީއޭ އިން ކައުންސިލް ޖޫރިމަނާކޮށްފި
ޕާކެއް ހެދުމަށް ކައުންސިލުން 25 ބަސްތާ ވެއްޔާއި 20 ބަސްތާ އަކިރި ނަގާފައިވެއެވެ. 30 ދުވަހުގެ ތެރޭގައި އެ ކައުންސިލުން އީޕީއޭ އަށް 83,525ރ. ދައްކަން ޖެހެއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9 ގައި ބާއްވާނެ
އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހުގައި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެއްޔާ ބާއްވާނީ އެ މަހުގެ 30ގައެވެ. އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޖުލައި 23 އިން އޮގަސްޓު 3 އާ ހަމައަށް ހުޅުވާލާނެއެވެ.
ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިއްޖެ
ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ
ޕްރެސް ރިލީޒް:https://t.co/p4jae77hgB pic.twitter.com/msdgxSrha3— MTCC Plc (@MTCCPlc) January 15, 2023
މި މަޝްރޫއަކީ 1.22 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތްކޮށްފައިވަނީ އެމްޓިސީސީ އިންނެވެ.