މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
16 ޖެނުއަރީ 2023 - 19:26
ނ. ހޮޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީ އަށް
ނ. ހޮޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފި.
46،748،822.76 ރުފިޔާއަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައި ނިންމުމަށް. pic.twitter.com/Dpvcrc0waT— Min.of National Planning, Housing & Infrastructure (@MoNPHImv) January 16, 2023
ނ. ހޮޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ. 46،748،822.76 ރުފިޔާއަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ހދ.ނޮޅިވަރަމް ސްކޫލްގެ ހޯލުގެ މަސައްކަތް ނޯތް ކޯސްޓް ކޮންޓްރެކްޓާސް އަށް.
ހދ.ނޮޅިވަރަމް ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކުރުން. މި މަސައްކަތް ހަވާލުކުރީ 365 ދުވަސްތެރޭގައި ނިންމާގޮތަށް، 15,073,651.92 ރ އަށް، ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑާ. pic.twitter.com/XRTgUVAjo6— Ministry of Education (@MoEdumv) January 16, 2023
މި މަސައްކަތް ހަވާލުކުރީ 365 ދުވަސްތެރޭގައި ނިންމާގޮތަށް، 15,073,651.92ރ އަށެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑަށެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ގުޅިފައިވާ ބަޔާނެއް ދެއްވައިފި
މި ބަޔާން އިއްވާފައިވަނީ މިއަދު ރައީސް އޮފީހުން ބޭއްވި ހާއްސަ މީޑިއާ ބައްދަލުވުމެއްގައި. އެވެ. ދިވެހި ދަރިވަރުންނަށް ކެމްބޯޑިއާގައި ކިޔެވުމަށް 10 ސްކޮލަޝިޕް ދިނުމަށް އެ ސަރުކާރުން ނިންމާފައިވާ ކަން މިއަދު އިއުލާންކޮށްފައިވެއެވެ.
މި އަހަރަށް މަޖިލިސް ހުޅުވުން 6 ފެބްރުއަރީ ގައި
ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސްގެ ރިޔާސީ ބަޔާން އިއްވުން އޮންނާނެއެވެ. މަސައްކަތްތަކުގެ 54.7 % ނިންމައި ރައްޔިތުންގެ މަޖިލިސް ޗުއްޓީ އަށް ދިޔައީ، ނޮވެމްބަރު 28 ގައެވެ.
އައްޑޫން އެއްފަހަރާ 1،000 އެއްހާ ގޯތި ދޫކުރަނީ
އެ ސިޓީގެ ބައެއް ރަށްރަށުން ގޯތި ނުދޫކުރާތާ 25 އަހަރު ވަނީ ވެފައި އެވެ. ގޯތި ދޫކުރަން ނިންމާފައިވަނީ އައްޑޫ ހުޅުދޫ، މީދޫ، ފޭދޫ އަދި ހިތަދޫން އިންނެވެ.