މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
17 ޖެނުއަރީ 2023 - 18:23
ޕްލޭނިން މިނިސްޓަރު ވިލިނގިލި ކައުންސިލާ ބައްދަލު ކުރައްވައިފި
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ. ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން ގއ. ވިލިނގިލި ކައުންސިލާ ބައްދަލު ކުރައްވައި އެރަށުގައި މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި. pic.twitter.com/TDL75w97UZ— Min.of National Planning, Housing & Infrastructure (@MoNPHImv) January 17, 2023
މި ބައްދަލުވުމުގައި އެރަށުގައި ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރި އެވެ. މި ބައްދަލުވުމުގައި ދާއިރާގެ މަޖިލިސް މެމްބަރު ސައުދު ހުސެއިން ވެސް ބައިވެރިވި އެވެ.
އަމީނީ މަގުގައި ތާރު އަޅަން ބޭނުންވާ ތަކެތި މާލެ ގެނެސްފި
މީ އަމީނީ މަގު
މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ދާއިރު، ތާރު އެޅުމަށް ބޭނުންވާ ތަކެތި މިހާރު ވަނީ މާލެ ގެނެވިފަ.#TeamRDC pic.twitter.com/Hokv6cTA9n— Moosa Ali Manik 🇲🇻 (@VMookey) January 17, 2023
އަމީނީ މަގު ހެދުމަށް ބޭނުންވާ ތާރު މާލެ ގެނެސްފި އެވެ. މާޗް މަހުގެ ތެރޭގައި އަމީނީ މަގުގައި ތާރު އަޅަން ފެށޭނެ ކަމަށް އާރްޑީސީ އިން މައުލޫމާތުދެއެވެ.
46 ކިލޯގެ މަސްތުވާތަކެތި ގެއްލިއްޖެ
ނޫސް ބަޔާން: އެއަރޕޯޓްތެރެއިން އަތުލައިގަތް 46 ކިލޯގެ ޑްރަގްސް ގެއްލިއްޖެކަމަށް މީޑިޔާގައި ދައުރުވަމުންދާ ޚަބަރުތަކާއި ގުޅޭ.@MariyaDidi @AbdullaSh4reef pic.twitter.com/TVRoiFo4Dk— Maldives Customs (@CustomsMv) January 17, 2023
ގެއްލިފައިވަނީ ޕާކިސްތާނު މީހަކު މިމަހުގެ 8 ވަނަ ދުވަހު ރާއްޖެ އަށް އެތެރެ ކުރި މަސްތުވާތަކެތި އެވެ. ފުލުހުން ބުނެފައިވަނީ އެއާާޕޯޓުގެ ބައެއް ތަންތަނުގައި ކެމެރާ ހަރުކޮށްފައި ނެތް ކަމަށެވެ.
ފެބްރުއަރީ 2 އިން 4 އަށް އިދިކޮޅު ކޯލިޝަނުން ސިޔާސީ ކޮންފަރެންސްއެއް ބާއްވަނީ
މި ކޮންފަރެންސްގައި ކޯލިޝަނުގެ އިސް 1500 މީހުން ބައިވެރިވާނެ ކަމަށް މައުލޫމާތުލިބެ އެވެ. ކޮންފަރެންސްގެ އެންމެ ބޮޑު އެއް ބޭނުމަކީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން ކަމަށެވެ.
މާލޭ މަގުތަކަށް ކުނި އަޅާ މީހުންނަށް ހަރުކަށި އަދަބު ދެނީ
މާލޭގެ މަގުތަކަށް ކުނިއަޅާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަނީhttps://t.co/6E7LKVthcB pic.twitter.com/SFCZvFvtle— Male' City Council (@MaleCitymv) January 17, 2023
އަދަބު ކަނޑައަޅާނީ އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. މި ގޮތަށް އަމަލު ކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެނެވެ.