ވިލިމާލޭގައި އާރް.ޓީ.އެލް ބަހުގެ ހިދުމަތް ދޭން ފަށަނީ

18 ޖެނުއަރީ 2023 - 10:18

ރާާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބަހުގެ ހިދުމަތް ވިލިމާލޭގައި ދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެގޮތުން ވިލިމާލޭގައި އެމްޓީސީސީއިން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ބަހުގެ ޚިދުމަތުގައި ބޭނުންކުރާނީ ތިމާވަށްޓާއި ރައްޓެހި 6 (އިލެކްޓްރޮނިކް ވެހިކަލް) އީވީ ބަހެވެ.

advertisement

މި ބަސްތަކުގައި 11 މީހުންނަށް އިށީންދެ ތިބެވޭނެހެން ސީޓު ހަރުކުރެވިފައި ހުންނާނެއެވެ. އަދި، މީގެ އިތުރުން 4 މީހުން ނަށް ކޮޅަށްތިބެވޭ ނެ ޖާގަވެސް އޮންނާނެއެވެ. ވީމާ، ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ޖާގަ މި އީވީ ބަސްތަކުގައި ހުންނާނެއެވެ.

ބަހުގެ ޚިދުމަތް ވިލިމާލެއަށް ފުޅާކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރިތަށް އެމްޓީސީސީއިން އަންނަނީ ކުރަމުންނެވެ. އެމްޓީސީސީގެ އުންމީދަކީ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށުންކަމަށް އެމްޓީސީސީ އިން ބުންޏެވެ.

އަދި އާރް.ޓީ.އެލް ވިލިމާލެ ބަހުގެ ޚިދުމަތާއި ގުޅޭ ރޫޓް މެޕާއި ޝެޑިއުލްގެ މަޢުލޫމާތު އެމްޓީސީސީއިން ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ބުންޏެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް:

ހޮޓްލައިން: 1650

އީމެއިލް: mv.com.mtcc@info

ވެބްސައިޓް: www.mtcc.com.mv

ރިއެކްޝަންސް
1
0
0
0
0
0
1