މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
22 ޖެނުއަރީ 2023 - 17:34
ށ. ފީވަކު ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމުން އެ ރަށު ކައުންސިލު 83،525 ރުފިޔާއިން ޖޫރިމަނާކޮށްފި
Press Release regarding the fine imposed on Miladhunmadulu Uthuruburi Feevah Council ge Idhaara for the environmental damages caused by removing sand and gravel from Sh. Feevah beach, 12th Jan 2023. pic.twitter.com/3ii4TjWOmH— EPA Maldives (@EPAMaldives) January 22, 2023
ށ. ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމުން އެ ރަށު ކައުންސިލު ވަނީ 83،525 ރުފިޔާއިން ޖޫރިމަނާކޮށްފައި ކަމަށް މިއަދު އީ.ޕީ.އޭއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އީ.ޕީ.އޭއިން ހާމަކޮށްފައިވަނީ ވެއްޔާއި އަކިރި ނެގުމުގެ ޝަކުވާ އެ އޭޖެންސީއައް ލިބިފައިވަނީ މިިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި ކަމަށެވެ. އަދި އީ.ޕީ.އޭއިން ބުނެފައިވަނީ ފީވަކު ކައުންސިލުގެ އިސްނެގުމުގެ މަތިން 25 ބަސްތާގެ ވެއްޔާއި 20 ބަސްތާގެ ވެލި ނަގައިފާވަނީ އެ ރަށުގެ ޕާކެއް ތަރައްގީކުރުމަށް ކަމަށެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަޅާ ފްލެޓު ބަލާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި
#FahiDhiriulhun #Gedhoruveriya #AMÃN #Udhares pic.twitter.com/K7QWQXj6Ku— Fahi Dhiriulhun Corporation Limited (@Fdc_mv) January 21, 2023
ސަރުކާރުގެ ސޯޝަލް ހައުސިންގެ އެކްސްޕީރިއަންސް ޔުނިޓު އާންމުންނަށް ބަލާލުމަށް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކުވެސް މެންދުރު 14:00ން ހަވީރު 18:00އަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4،000 ހައުސިން ޔުނިޓް އަޅަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ 267 މިލިއަން ޑޮލަރުގެ ބަޔާސް ކްރެޑިޓް ފެސިލިޓީއެއްގަ އެވެ.
ލ އަތޮޅުގައި ކޯޒްވޭ ހެދުމުގެ 2 މަޝްރޫއުއެއް އެމް.ޓީ.ސީ.ސީ.އާ ހަވާލުކޮށްފި
ލ. އަތޮޅުގައި ކޯޒްވޭ ހެދުމުގެ 2 މަޝްރޫއުއެއް ޕްލޭނިންގ މިނިސްޓްރީން އެމް.ޓީ.ސީ.ސީ.އާ ހަވާލުކޮށްފި އެވެ.
އެއީ ލ. ކަލައިދޫ – ލ. ދަނބިދޫ ކޯޒްވޭ މަޝްރޫޢާއި، އަދި ލ. ހިތަދޫ، ލ. މެންދޫ އަދި ލ. ކުނަހަންދޫ ކޯޒްވޭ މަޝްރޫޢެވެ.
ލ. ކަލައިދޫ، ލ. ދަނބިދޫ ކޯޒްވޭ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފި.
155،941،090.92 ރުފިޔާއަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމުމަށް. pic.twitter.com/4Z0iaOe6Nt— Min.of National Planning, Housing & Infrastructure (@MoNPHImv) January 22, 2023
ލ. ކަލައިދޫ – ލ. ދަނބިދޫ ކޯޒްވޭ މަޝްރޫއުއަކީ 155 މިލިއަން ރުފިޔާއަށް 550 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ލ. ހިތަދޫ، ލ. މެންދޫ އަދި ލ. ކުނަހަންދޫ ކޯޒްވޭ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފި.
81،222،471،36 ރުފިޔާއަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި ނިންމުމަށް. pic.twitter.com/Leate7RVLV— Min.of National Planning, Housing & Infrastructure (@MoNPHImv) January 22, 2023
އަދި ލ. ހިތަދޫ، ލ. މެންދޫ އަދި ލ. ކުނަހަންދޫ ކޯޒްވޭ މަޝްރޫއަކީ 81 މިލިއަން ރުފިޔާއަށް 500 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓުން އިއުލާންކޮށްފި
We are pleased to announce the athletes who have been selected for BML Sports Scholarship!
Congratulations to Mariyam Ru-ya Ali, Mohamed Minhal Shamin, Mohamed Salim Abdul Samad, Shuba Mohamed Shareef, Fathimath Jumana Nimal, Moosa Munsif Ahmed and Layan Mohamed Shamin. pic.twitter.com/0x3FuDTWwT— Bank of Maldives (@bankofmaldives) January 22, 2023
ބޭންކް އޮފް މޯލްޑިވްސް ގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ތައާރަފް ކުރި ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓުން ހޮވައިފިއެވެ.
މި ސްކޮލާޝިޕް ހުޅުވާލެވުނީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުން ކަމަށް ބީ.އެމް.އެލްއިން މައުލޫމާތުދިނެވެ.
ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓުން:
- މަރިޔަމް ރޫޔާ އަލީ ، އެތްލެޓިކްސް، ކިންގްސްޓަން، ޖެމައިކާ
- މަރިޔަމް މިންހަލް ޝާމިން ، އެތްލެޓިކްސް ،ކިންގްސްޓަން، ޖެމައިކާ
- މުޙައްމަދު ސާލިމް އަބްދުލް ސަމަދު، ބެޑްމިންޓަން، ޑުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް
- ޝުބާ މުޙައްމަދު ޝަރީފް، ބެޑްމިންޓަން، ޑުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް
- ފާތިމަތު ޖުމާނާ ނިމާލް، ޓޭބަލް ޓެނިސް، ޒަޤްރިބް، ކްރޯއޭޝިއާ
- މޫސާ މުންސިފް އަޙްމަދު. ޓޭބަލް ޓެނިސް، ޒަޤްރިބް، ކްރޯއޭޝިއާ
- ލަޔާން މުޙައްމަދު ޝާމިން، ޓެނިސް، ބާސެލޯނާ، ސްޕެއިން
ޝިއާއުގެ މަރާގުޅިގެން ހައްޔަރުކޮށްފައިވާ ޝާހިލްއަށް ވަކީލަކު ހޯދަން ފުރުސަތު ދީފި
މިދިޔަ އަހަރުގެ އޯގަސްޓު މަހުގައި އަންހެނަކު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މައްސަލައިގާ ހައްޔަރުކޮށްފައިވާ އަލީ ޝާހިލްގެ އަޑުއެހުން މިއަދު ބާއްވައިފި އެވެ.
މިއަދުގެ އަޑުއެހުމުގައި ދިފާއުން ވަކީލެއްގެ ފުރުސަތަށް އެދިފައިވެ އެވެ. އަދި ގާޒީ ވަނީ އެ ފުރުސަތު މިއަދު ދީފައި އެވެ.