ފިރިހެނުންނަށް ދިމާވާ ދަރިމައިވުމުގެ މައްސަލަތަކާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ސެޝަންއެއް ބާއްވަނީ

24 ޖެނުއަރީ 2023 - 10:39

ފިރިހެނުންނަށް ދިމާވާ ދަރިމައިވުމުގެ މައްސަލަތަކާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުމަށްޓަކައި ހާއްސަ މައުލޫމާތު ސެޝަންއެއް 28 ޖެނުއަރީގައި ބޭއްވުމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އިން ހަމަޖައްސައިފިއެވެ.  

މި ސެޝަންގައި ބައިވެރިންނަށް މައުލޫމާތު ދެއްވުމަށްޓަކައި ބައިވެރިވެވަޑައިގަންނަވަނީ އިންޑިއާގެ ބީޖީއެސް ބެންގަލޯ ހޮސްޕިޓަލުގައި މަސައްކަތްކުރެއްވި ކޮންސަލްޓަންޓް ކިޑްނީ ޓްރާންސްޕްލާންޓް ސާރޖަން އެންޑް އެންޑްރޮލޮޖިސްޓް ޑރ.ސެޝަގިރިއެވެ. މިއީ ޑރ.ސެޝަގިރި މި ޖަމިއްޔާގެ މައުލޫމާތު ސެޝަނެއްގައި ބައިވެރވެވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މީގެ ކުރިންވެސް ޑރ.ސެޝަގިރިވަނީ “ސެކްޝުއަލް ޑިސްފަންކްޝަން އިން މެން” މި މައުޟޫއަށް މައުލޫމާތު ސެޝަންއެއް ނަގާދީފައެވެ. މި ސެޝަންއަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނުކަން ޖަމިއްޔާއިން ފާހަގަކުރެއެވެ.  

advertisement

ދަރިމައިވުމުގެ މައްސަލަތަކަކީ ފިރިހެނުންނާއި އަދި އަންހެނުންގެ ކިބައިގައިވެސް ހުންނަ މައްސަލަތަކަކަށްވާއިރު، ފިރިހެނުންނަށް ދިމާވާ މިފަދަ މައްސަލަތަކާއި ބެހޭގޮތުން ސައްހަ މައުލޫމާތާއި، އާންމުންގެ ހޭލުންތެރިކަން މަދުކަން މި ޖަމިއްޔާއިން މިހާތަނަށް ކުރި މަސައްކަތުން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން ފާއިތުވި 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މި ޖަމިއްޔާގައި ރަޖިސްޓްރީވެފައިވާ 309 މެންބަރުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން 18.7 އިންސައްތަ މެންބަރުންނަކީ “މޭލް ފެކްޓާރ އިންފާޓިލިޓީ” ނުވަތަ ފިރިހެނުންނަށް ދިމާވާ ދަރިމައިވުމުގައި މައްސަލަތަކާއިހެދި ދަރިމައިވުމުގެ ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކެވެ.

އެހެންކަމުން މި ސެޝަންގައި ބައިވެރިވުމަށް ވީހާވެސް ގިނަބަޔަކަށް ތަރުހީބުދީ، ބައިވެރިވުމަށް  https://tinyurl.com/3v4396je ގައި ރެޖިސްޓަރ ކޮރެވޭނެއެވެ. 

މި ސެޝަން ކުރިއަށްދާނީ، 28 ޖެނުއަރީ (ހޮނިހިރު) ދުވަހުގެ ރޭ 21:00 ގައި އޮންލައިންކޮށެވެ. ސެޝަންއަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުގެ އެއްވެސް ޒާތީ މައުލޫމާތެއް ސެޝަން ތެރޭގައިވެސް އަދި އެނޫންގޮތަކަށްވެސް ޖަމިއްޔާއިން ބޭނުމެއް ނުކުރާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0