މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
25 ޖެނުއަރީ 2023 - 15:47
އއ. ތޮއްޑޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފި
އއ. ތޮއްޑޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ސާސް-އީ ކޮމްޕެނީ އާ ހަވާލުކޮށްފި.
20،338،480.63 ރުފިޔާއަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް. pic.twitter.com/yzw2Ocs8rl— Min.of National Planning, Housing & Infrastructure (@MoNPHImv) January 25, 2023
އއ. ތޮއްޑޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ސާސް-އީ ކޮމްޕެނީ އާ ހަވާލުކޮށްފި އެވެ. މި މަޝްރޫޢު 20،338،480.63 ރުފިޔާއަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ރޯދަމަހު ޚިދުމަތްތައް އަވަސްކުރުން އެމްޕީއެލަށް އައު 4 އުޅަނދު
Unloading of the newest addition to our terminal fleet: 4 new Reach Stackers that will be put into use to boost output at Male' Commercial Harbour.
These vehicles will be commissioned and ready to accommodate the high demand and traffic during the Ramazan period. pic.twitter.com/xFvnmH9reY— Maldives Ports Limited (@Portmv) January 25, 2023
ރޯދަމަހާއި ދިމާކޮށް، ޕޯޓުން މުދާ ބޭލުން އަވަސްކުރުމަށްޓަކައި އިތުރު އުޅަނދުތައް ގެނެސްފި އެވެ. އަލަށް ގެނެސްފައިވަނީ 4 “ރީޗް ސްޓެކަރސް އެވެ.
ފަރަށް އެރި ބާޖާއި ޓަގުގެ ވެރިފަރާތް ޖޫރިމަނާކޮށްފި
ކ. ވާވެއްދި ފަރަށް އެރި ބާޖަކާއި ޓަގު ބޯޓެއްގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. އީޕީއޭއިން ވަނީ ޖޫރިމަނާއަށްވާ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް އަންގާފައެވެ.
އެމްއެންޑީއެފް އަށް އޮކްސިޖަން ސިލިންޑަރގައި ހަރުކުރާ ރެގިއުލޭޓަރުތަކެއް ހަދިޔާކުރައްވައިފި
އެންޑީއެމްއޭ އިން އެމްއެންޑީއެފް އަށް އޮކްސިޖަން ސިލިންޑަރގައި ހަރުކުރާ 20 ރެގިއުލޭޓަރު ހަދިޔާކޮށްފި އެވެ. މީގެ ސަބަބުން އިމަޖެންސީ ރެސްޕޮންސް ޚިދުމަތްތަކުގައި އެމްއެންޑީއެފް މެޑިކަލް ކޯރގެ ހިދުމަތްތައް އިތުރުކުރުމަށް ފަސޭހަވެގެންދާނެ އެވެ.
ރަހުނަކާ ނުލައި 1.2 މިލިއަން އާ ހަމަޔަށް ލޯނާއި ފައިނޭންސިން ނެގޭ ގޮތަށް “ލުއި ލޯނު” ގެ ލިމިޓް އިތުރުކޮށްފި
ބޭންކުން ދޫކުރާ މި ލޯނުގެ އެންމެ ބޮޑު އަދަދަކަށްވާ 1.2 މިލިއަން ރުފިޔާ ލިބޭނީ، އެ މީހެއްގެ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީ 100،000ރ. އަށް އަރާ ނަމަ އެވެ. އިންޓަރެސްޓް ރޭޓަކީ 15%، އަދި ފަސް އަހަރުގެ ތެރޭގައި ލޯނު އަނބުރާ ދައްކަން ޖެހެއެވެ.