މައިންބަފައިން އަބަދު ހިކޭ ވާހަކަ ދައްކާނަމަ ކުދިން ވެސް މާބޮޑަށް ހިކެން ބޭނުންވެ ކެއުން ހުއްޓާލަފާނެ

12 ފެބުރުއަރީ 2023 - 13:50

ސޯޝަލްމީޑިއާގެ މި ޒަމާނަކީ މީގެ ކުރިން ނުފެންނަ އެތައް މައްސަލަތައް ފެންނަ ޒަމާނެކެވެ. ހާއްސަކޮށް ސޯޝަލް މީޑީއާގެ ސަބަބުން އުފަންވި މައްސަލަތަކެވެ. މި އާޓީކަލްގައި ބަލާލާނީ ކުދިން އަމިއްލަ ހަށިގަނޑުގެ ސިފަ އާއި މެދު ފޫހިވުމުގެ މައްޗަށެވެ.

މިއީ ހާއްސަކޮށް، މުޖުތަމައުގެ ސްޓޭންޑާޑްތަކުން ރީތި ކަމަށް ބަލާ ސިފަތަކާ ކުދިންގެ ސިފައާއި އަޅުވައި ކިޔާ ނަމަ، އެފަދަ ކުދިންނަށް ސޯޝަލްމީޑިއާގެ ސަބަބުން ހާއްސަކޮށް މިއަސަރު ކުރުވައެވެ. ތިމާގެ އަމިއްލަ ހަށިގަނޑު ހުތުރުކަމަށް ދެކެން ވަކި ހިސާބަކުން ކުދިން ފަށައެވެ.

advertisement

3 އަހަރުގެ ތުއްތު ކުދިންވެސް އަމިއްލަ ހަށިގަނޑު “ހަޑި” ކަމަށް ދެކިފާނެއެވެ. 3 އަހަރާއި 5 އަހަރާއި ދެމެދުގެ ކުދިންނަށް އެކި ވަރުގެ ހަށިގަނޑު ހުރި ކުދިންގެ ފޮޓޯ ދެއްކުމަށް ފަހު އެތަނުން އެކުގައި ކުޅޭނީ ކާކާ އެކުގައިތޯ އެހުމުން ގިނަ ކުދިން ކުޅެން ހިޔާރު ކުރީ ހިމަ ހަށިގަނޑު ހުރި ކުދިންނެވެ. މި ސްޓަޑީ ހެދި މީހުން ގަބޫޅުކުރާ ގޮތުގައި މި ކުދިންނަށް ރީތި ހުތުރު ވަކި ކުރުމުގައި މީހާގެ ހަށިގަނޑުގެ ބޮޑު ކުޑަ މިން ބަލަން ދަސްވެފައިވަނީ ކުދިން އުޅޭ މާހައުލުންނެވެ. އެއީ އެކުދިންގެ މައިންބަފައިންނާއި، އެހެން ސޯޝަލް ގުޅުންތަކުގެ ތެރެއިންނެވެ.

2017 ގެ ސްޓަޑީ އެއްގައި، ސޯޝަލް މީޑީއާ ބަލާ ކުދިންނާއި ނުބަލާ ކުދިން ބައިވެރިކޮށްގެން ހެދި ދިރާސާ އަކުން ހާމަވެފައިވަނީ 3 އަހަރުގައި ސޯޝަލް މީޑީއާ ބަލާ ކުދިން އުމުރުން 4 އަހަރާއި 5 އަހަރުގައި “ރީތި” ހަށިގަނޑަކީ ހިމަ ތުނި ހަށިގަނޑު ކަމުގައި ދެކެން ފަށައެވެ. މިގޮތަށް ގަބޫލުކުރާ ކުދިން ކެއުމުގައި ވެސް ބޮޑަށް ސަމާލުވެ ވަކި ބާވަތްތަކުގެ ތަކެތި ކެއުން ހުއްޓުމުގެ ފުރުސަތު ބޮޑެވެ.

ޓީވީތަކުން ފެންނަ އަސްލާއި އެއްގޮތް ނޫން ތީތި ކަމަކީ މޭކަޕް އާއި ތަފާތު ލައިޓިން ބޭނުންކޮށްގެން، އަދި ފިލްޓާތައް ބޭނުންކޮށްގެން ދައްކުވާ މަންޒަރުތަކެކެވެ. ހާއްސަކޮށް ރީތިވުމަށް ބޭނުންކުރާ ތަކެތި އިޝްތިހާރު ކުރުމަށް ބޭނުންކުރާ މޮޑެލުން ހޮވުމުހައި އެންމެ ތުނި އެންމެ ހިކި މޮޑެލުން ހޯދުމަށް ސަމާލުކަން ދެއެވެ. ހަމަ މިއާއި އެކު ކާމިޔާބު ރަނގަޅު މީހުން ދެއްކުމުގައި ވެސް މީހާގެ ހަށިގަނޑު ވަކި މިނަކަށް ހިކިކޮށް ހަން ގަނޑު އޮމާން ކޮށް ހުރުން މުހިންމު ކަމަށް ސޯޝަލް މީޑިއާއިން ޕްރޮމޯޓު ކުރެއެވެ.

މީގެ ސަބަބުން ބޮޑުވަމުން އަންނަ ކުދިންނަށް ބޮޑީ އިމޭޖް ނުވަތަ ތިމާގެ ހަށިގަނޑުގެ ސިފަ އާއި ގުޅޭ ނަފްސާނީ ކަންކަމާއި ކުރިމަތި ވެއެވެ. މިސާލަކަށް އީޓިން ޑިސޯޑާ އަކީ މިކަމުގެ ސަބަބުން ކުދިންނަށް ކުރިމަތިވާ ބައްޔެކެވެ.

މައިންބަފައިން ސަމާލުވާންވީ ކަންކަން

  1. ކުދިންގެ ހަށިގަނޑުގެ ސިފަ އާއި ބެހޭ ގޮތުން އަދި މައިންބަފައިންގެ އަމިއްލަ ހަށިގަޑާއި ބެހޭގޮތުން ވާހަކަ ދައްކާ އިރު ފަލަވުމަކީ ހަޑި ސިފައެއް ކަމުގައި ދެކި ފާޑު ނުކިޔުމަށް ސަމާލުވުން
  2. ބެލެނިވެރިން އަބަދު އެމީހުންގެ ހަށިގަނޑުގެ ބަރުދަނާއި ސިފައާއި ބެހޭ ގޮތުން ވާހަކަ ދައްކާނަމަ ކުދިން އެކުދިންގެ ހަށިގަނޑު އެންމެ ފުރިހަމައަށް ބެހެއްޓުމުގެ ނިޔަތުގައި ކެއުން މަދުކޮށް ހިކުމަށް މާ ބޮޑަށް މަސައްކަތްކޮށް، ބޮޑީ ޑިސްފޯރިއާ ފަދަ ނަފްސާނީ ބަލިތަކާއި ދިމާލަށް ދިޔުމުގެ ފުރުސަތު ބޮޑު
  3. ހަށިގަނޑާއި މެދު ވާހަކަ ދައްކާއިރު ހަށިގަނޑުގެ ސިފަ އާއި މެދު ވާހަކަ ދެއްކުމުގެ ބަދަލުގައި ހަށިގަނޑުގެ ކުޅަދާނަކަމާއި މެދު ވާހަކަ ދެއްކިދާނެއެވެ. މިސާލަކަށް ފައި ވަރުގަދަ ކޮށް ފެންނާތީވެ، ވަރަށް ބާރަށް ދުވެވޭނެ ކުއްޖެއް ކަމުގައި ބުނެދެވިދާނެއެވެ.
    ސޯޝަލް މީޑިއާގެ ޒަމާނެއްގައި އޭގެއިން އެކީ ނެއްޓުމަކީ އުނދަގޫ ކަމަކަށް ވިޔަސް، އޭގެ ނޭދެވޭ އަސަރުން ދުރުވެ ތިބުމަށް މަސައްކަތް ކުރެވިދާނެއެވެ. މިސާލަކަށް، އަހަރެމެން ކުދިންގެ ކައިރީ ވާހަކަ ދައްކާއިރު ހަށިގަނޑުގެ ސިފައަށް ކޮމެންޓު ނުކުރުން، ރީތި ހަށަގަނޑަކީ ވަކި ސައިޒަކަށް ހުންނަ ހަށިގަނޑު ކަމުގައި ކުދިންނަށް ގަބޫލުވެދާނެ ފަދަ މޭރުމުން ވާހަކަ ދެއްކުން ހުއްޓާލައި، އެކި ސައިޒުގެ އެކި މީހުންގެ އެކި ކަހަލަ ރީތި ސިފަތައް ހުންނާނެ ކަމަށާއި ސޯޝަލް މީޑީއާއިން ޕްރޮމޯޓޫ ކުރާ ރީތީގެ މިންގަނޑުތަކަކީ ކިހާ އަންރިއަލިސްޓިކް މިންގަނޑުތަކެއް ކަމާއި އިންޑަސްޓްރީތަކުން އެކަން އެގޮތަށް ކުރާ ސަބަބުތައް ކުދިންނަށް ކިޔައިދިނުމަކީ އެހީއަކަށް ވެދާނެއެވެ.
ރިއެކްޝަންސް
0
0
0
0
0
0
0