ކޮކާ-ކޯލާއާ އެކު ތާޒާވެލައިގެން ބޮންއަކުއާ ފެން ފުޅިއެއް ހިލޭ ހޯދަން ރަނުގެ ފުރުސަތެއް

12 ފެބުރުއަރީ 2023 - 15:54

ހޫނު ގަދަ ދުވަސް ވަރަކާ ކުރިމަތިލާން ޖެހިފައި ވާއިރު، މިއީ ވީހާ ވެސް ގިނައިން ކަރުހިއްކުން ފިލުވާލަންވީ ވަގުތު! ކޮކާ-ކޯލާ އިން 1.25 ލީޓަރު އަދި 2 ލީޓަރު ބުއިންތަކުގެ ސައިޒުތަކަށް ހާއްސަކޮށްގެން، ކަރުހިއްކުން ފިލުވާލުމަށް އެހީތެރިވެދޭނެ ޕްރޮމޯ ޕެކެއް ތައާރަފްކޮށްފި އެވެ. މި ޕްރޮމޯ ޕެކްގައި ކޮކާ-ކޯލާ، ކޮކާ-ކޯލާ ޒީރޯ ޝުގާ، ސްޕްރައިޓް، ފެންޓާ އޮރެންޖް އަދި ފެންޓާ ސްޓްރޯބެރީ ފަދަ ބްރޭންޑްތަކުން ލިބެން ހުންނާނެ އެވެ. ގަންނަ ކޮންމެ ޕްރޮމޯ ޕެކަކަށް 1.5 ލީޓަރުގެ ބޮންއަކުއާ ފެންފުޅިއެއް ހިލޭ ލިބޭނެ އެވެ.

ބޮންއަކުއާ އަކީ ކޮކާ-ކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ފެންވަރު ރަނގަޅު ބޯފެން ބްރޭންޑެކެވެ. މިއީ ގިނަ މަރުހަލާތަކެއް އެކުލެވޭ ފިލްޓްރޭޝަން ސިސްޓަމަކާއި ކޮކާ-ކޯލާ ކުންފުނީގެ އަމިއްލަ މިނަރެލް ބްލެންޑެއް ބޭނުންކޮށްގެންގެން، ކޮންމެ ދުވަހަކު ވެސް ކަރުހިއްކުން ފިލުވާލުމަށް ތައްޔާރުކޮށްފައިވާ ބޯފެނެކެވެ. ރާއްޖޭގައި ބޮންއަކުއާ އުފައްދައި ބަންދުކުރާއިރު، ކޮންމެ ފެންފޮދަކުން ވެސް ދިވެހި ފެނުގެ ސާފު އަދި ތާޒާ ރަހަ ބަލައިލެވޭނެ އެވެ. ފެންވަރު ރަނގަޅު، ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ އަދި ސިއްހަތަށް ފައިދާ ހުރި ފެނެއް ބޮވޭކަން ޔަގީންކުރެވޭނެ އެވެ.

advertisement

ކޮކާ-ކޯލާ ކުންފުނިން ގަބޫލުކުރަނީ ކަސްޓަމަރުންނަށް އެ މީހުންގެ ކަރުހިއްކުން ފިލުވާލަދޭނެ އެންމެ ފެންވަރު ރަނގަޅު ބުއިންތައް ފޯރުކޮށްދިނުމުގެ އިތުރަށް، ތާޒާވެ ތިބުމަށް ތަފާތު ގޮތްތައް ވެސް ފަހިކޮށްދިނުމަށް،” ރާއްޖެއަށް ކޮކާ-ކޯލާ އިން ކަނޑައަޅާފައި ހުންނަވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވި އެވެ. “އަޅުގަނޑުމެން ރާއްޖޭގައި ވިއްކާ ޕްރޮޑަކްޓް ޕޯޓްފޯލިއޯގައި ބޮންއަކުއާ ހިމެނޭ ކަމީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. އަޅުގަނޑުމެން ރާއްޖޭގައި ބޮންއަކުއާ އުފައްދައި ބަންދުކުރަނީ އޭގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކޮށްގެން.”

އާ ޕްރޮމޯ ޕެކްތަކަކީ ޒުވާނުންނާއި ބޮޑެތި މީހުންނަށް އަދި ގޭތެރޭގެ މަސައްކަތްތަކުގައި ޝާމިލުވާ މީހުންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ޕްރޮމޯ ޕެކްތަކަކަށް ވާތީ މި ހިތްގައިމު އޮފާގެ ބޭނުން ކޮންމެ މީހަކަށް ވެސް ހިފޭނެ އެވެ. ހޫނު ގަދަ ދުވަސް ވަރެއް ކުރިމަތިވަމުން ދާއިރު، ވީހާ ވެސް ގިނައިން ފެން ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަން ފުރިހަމަކުރުމަށް އެންމެ ކަމުދާ ބުއިމަކާއި އެއާ އެކު ލިބޭ ހިލޭ ފެންފުޅިއަކަށް ވުރެ ވަކިން ރަނގަޅު ގޮތެއް ނެތެވެ.

ކޮކާ-ކޯލާ އިން ރާއްޖޭގައި ބުއިންތަކުގެ 1.25 ލީޓަރު ނުވަތަ 2 ލީޓަރު ފުޅިއެއް ގަނެގެން 1.5 ލީޓަރުގެ ބޮންއަކުއާ ފެން ފުޅިއެއް ހިލޭ ހޯދާލާށެވެ. މި ޕްރޮމޯ ޕެކްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އާންމު މުދާ ވިއްކާ ހުރިހާ ފިހާރަތަކާއި މާޓްތަކުން ލިބެން ހުންނާނެ އެވެ. އެހެންކަމުން، މި ޕްރޮމޯ ޕެކް ހޯދަން މާ ދުރަށް ދާކަށް ވެސް ނުޖެހޭނެ އެވެ. މި ހޫނު މޫސުމުގައި، ތާޒާވެ އަދި ކަރުހިއްކުން ފިލުވާލުމަށް ލިބޭ މި ހިތްގައިމު ފުރުސަތު ގެއްލުވާނުލާށެވެ.

ދުނިޔޭގެ އެންމެ މަގުބޫލް އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާ-ކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 135 އަހަރު ވަނީ ވެފަ އެވެ. ރާއްޖޭގައި ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާ-ކޯލާ ކޮމްޕެނީ އިން ވަނީ ކަރުހިއްކުން ފިލުވާލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން، އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައް ވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށްގެންދެ އެވެ.އެހެންކަމުން ދެން އެންމެ ކަމުދާ ކޮކާ-ކޯލާ ބުއިމެއް ގަތުމަށް ފިހާރައަށް ދާއިރު، އަލަށް ތައާރަފްކޮށްފައިވާ މި ޕްރޮމޯ ޕެކް ގަނެގެން ބޮންއަކުއާގެ 1.5 ލީޓަރުގެ ފުޅިއެއް ހިލޭ ހޯދާލަން ހަނދާން ނައްތާނުލާށެވެ. މިއީ އިތުބާރުކުރެވޭ، ރައްކާތެރި އަދި ތާޒާ ބުއިމެއް އިތުރު އެއްވެސް އަގަކާ ނުލާ ހޯދަން ރަނުގ

ރިއެކްޝަންސް
0
0
0
0
0
0
0