މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

12 ފެބުރުއަރީ 2023 - 18:23

ވޯލްޑް ގަވަރމަންޓް ސަމިޓް 2023ގައި ބަރިވެރިވުމަށް ނައިބު ރައީސް ޔޫ.އޭ.އީއަށް

  • ވޯލްޑް ގަވަރމަންޓް ސަމިޓް 2023 އޮންނާނީމިމަހުގެ 13 އިން 15 އަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގައި
  • މި ސަމިޓުގެ ފިއުޗަރ އޮފް ވޯކް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައި

ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ނަގައިދެނީ

  • މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގުމަށް އުޔޫން އިންސްޓިޓިއުޓް އާއި މާލެ ސިޓީ ކައުންސިލާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި
  • މިފަހުމްނާމާގެ މަޤްޞަދަކީ މާލޭ ސިޓީގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ކުޑަކުދިންގެ ތެރެއިން ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް ޤުރުއާން ހިތުދަސްކުރުމުގެ ހުނަރު ދަސްކޮށްދީ ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގައި ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް އެ ފުރުޞަތުތައް ފަހިކޮށްދިނުން

އެމް.ޓީ.ސީ.ސީން އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

  • އާރުޑީސީގެ އެދުމުގެ ދަށުން، އެމް.ޓީ.ސީ.ސީން ވަނީ އިއްޔެ 11 ފެބުރުއަރީ 2023 ވަނަ ދުވަހު ވަނީ އަމީނީ މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަށް ފައްޓާފައި
  • ސައިޓުގައި މިހާރު ކުރިއަށްދަނީ ސަބްގެރޭޑް އެޅުމުގެ މަސައްކަތާއި، އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް
  • މި މަޝްރޫޢުގެ ދަށުން، 2،511 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 2،511 އަކަ މީޓަރުގެ ސަބްގްރޭޑް އެޅުމާއި، 2،511 އަކަ މީޓަރުގެ އޭބީސީ އެޅުމާއި، ޕްރައިމް ކޯޓް އެޅުމުގެ މަސައްކަތް ހިމެނޭ

ފަޤީރުންގެ ދަފްތަރުގައި ނުހިމެނޭ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

  • މި ފުރުސަތު ހުޅުވާލާފައިވަނީ 16 ފެބުރުވަރީ 2023ގެ ނިޔަލަށް
  • ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްއެދި މާލެ ސިޓީ (މާލެ، ހުޅުމާލެ، ވިލިމާލެ)ގައި ދިރިއުޅޭ ފަރާތްތަކަށް 22 ޑިސެންބަރު 2022 އިން 19 ޖަނަވަރީ 2023 ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވުނެ

“ވ. އަތޮޅު ރައްރިޔުން ދަތުރުދާން ރަށެއް ހަމަޖެއްސުމަށް ވީ ވައުދު ނުފުއްދާތީވެ ހިތާމަ ކުރަން”

  • ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ އިއްޔެ ޓުވީޓުކޮށްފައިވަނީ މާލޭގެ ރައްޔިތުން ދަތުރު ދާނެ ރަށެއް ތައްޔާރުކޮށް ހުޅުވުނީތީ އުފާކުރާ ކަމަށް
  • ނަމަވެސް ވ.އަތޮޅު ރައްޔިތުން ދަތުރު ދާނެ ރަށެއް ހެދުމަކީވެސް ރައީސް ސޯލިހުގެ ވައުދަކަށް ވެފައި، ވީ ވައުދު ފުއްދުމަށް އެއްވެސް މަސައްކަތެއް ކޮށްދެވިފަ ނުވާތީ ހިތާމަކުރާ ކަމަށްވެސް ޓުވީޓުކޮށްފައިވޭ
ރިއެކްޝަންސް
0
0
0
0
0
0
0