ކުޑަކުއްޖެއްގެ ރުޅި މެނޭޖްކުރާނެ ގޮތް

13 ފެބުރުއަރީ 2023 - 17:45

ކުޑަކުދިންނަކީ އެ ކުދިންގެ އަމިއްލަ އިހުސާސްތައް މެނޭޖްކުރަން ނޭންގޭނެ ބައެކެވެ. ނަމަވެސް އަމިއްލަ އިހުސާސްތައް މެނޭޖުކުރުމަކީ ހުނަރެކެވެ. މީގެ މާނައަކީ މިއީ ކޮންމެ މީހަކަށްވެސް ދަސްްކުރެވޭނެ ކަމެއް ކަމެވެ.

ރުޅި ފަދަ އިމޯޝަން މެނޭޖުކުރުމަށް ބެލެނިވެރިޔާއަށް ކުރެވޭނެ ބައެއް ކަންކަން މި އާޓިކަލްގައި ހިމަނާލާނަމެވެ.

advertisement

ހަމަހިމޭންވެ ހުރުން

މައިންބަފައިންގެ އިހުސާސްތަކަށް ކުދިން ވަރަށް ގިނައިން ރިއެކްޓް ކުރާތީ ދަރިން ރުޅި އަންނަ އިރުވެސް މައިންބަފައިން ހިމޭނުން ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކުއްޖާ ރުޅިއަންނަ ވަގުތު ބެލެނިވެރިޔާ މަޑުމައިތިރިކޮށް ކުއްޖާއާ ވާހަކަ ދެއްކުމުން މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށް މަގުފަހިވެގެންދެއެވެ.

ދަރިފުޅުގެ ޝަކުވާތައް އަޑުއެހުން

ކުއްޖާ ވާހަކަ ދައްކާއިރު ވާހަކަ ދައްކަން ފުރުސަތު ދޭށެވެ. އަދި ދަރިފުޅު ވަހަކަ ދައްކާއިރު އިންޓަރަޕްޓް ނުކުރާށެވެ.

ދަރިފުޅުގެ އިހުސާސްތައް ވެލިޑޭޓްކުރުން

ކުއްޖާގެ އިހުސާސްތަކަކީ ސައްހަ އިހުސާސްތަކެއްކަން ކުއްޖާއަށް އަންގައިދޭށެވެ. ކޮންމެ މީހަކީވެސް ރުޅި އަންނާނެ މީހެކެވެ. އަދި ދެރަވާނެ މީހެކެވެ. ކުޑަކުދިންނަކީވެސް މިކަންކަން އިހުސާސު ކުރުމުގެ ހައްގު ލިބިގެންވާ ބައެކެވެ. އެހެން ކަމުން މިކަން ކުއްޖާއަށް ކިޔައިދޭށެވެ.

ރުޅި ފަދަ އިހުސާސްތަކާ ކުރިމަތިލުމަށް ރަނގަޅުގޮތް ބުނެދިނުން

ދަރިފުޅަށް އެކުދިންގެ ރުޅިއާ ކުރިމަތިލާނެ ދުޅަހެޔޮ ގޮތްތައް ދަސްކޮށްދެވިދާނެ އެވެ. މިސާލަކަށް ފުން ނޭވާ ލުން، ހިނގާލަން ދިއުން، ނުވަތަ އިތުބާރުކުރާ މީހަކާ ވާހަކަ ދެއްކުން ފަދަ ކަންކަން ދަސްކޮށްދިނުން ހިމެނެއެވެ.

އެކުގައި މައްސަލަ ހައްލުކުރުން

ކުއްޖާގެ ރުޅި ވެރިކަން އުފެދެނީ ވަކި މައްސަލައެއްގެ ސަބަބުން ނަމަ، އެ މައްސަލައަށް ހައްލެއް ހޯދައި، އެކުދިންނާ އެކު މަސައްކަތް ކުރާށެވެ.

އެކަށީގެންވާ އަޚްލާޤެއް މޮޑެލް ކުރުން

ކުޑަކުދިން އުޅުން ދަސްކުރަނީ ބޮޑެތި މީހުން ކައިރިންނެވެ. އެހެންކަމުން ރުޅި މެނޭޖްކުރުމަށާއި ހަމަނުޖެހުންތައް ހައްލުކުރުމަށް އެކަށީގެންވާ ގޮތްތައް ބެލެނިވެރިން މޮޑެލް ކުރުމަކީ މުހިންމު ކަމެކެވެ.

ހަނދާނުގައި ބަހައްޓަންވީ ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް ކަމަށާއި އެކަކަށް މަސައްކަތް ކުރާ އެއްޗެއް އަނެއް ކުއްޖަކަށް މަސައްކަތް ނުކުރެވިދާނެ ކަމަށެވެ. ކެތްތެރިކަމާއި އެކު ފްލެކްސިބަލްވެ، ކޮންމެ ކުއްޖަކަށް ވެސް އެންމެ ފައިދާހުރި ގޮތް ހޯދުމަކީ މުހިންމު ކަމެކެވެ.

ރިއެކްޝަންސް
0
0
1
0
0
0
0