މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

14 ފެބުރުއަރީ 2023 - 18:42

ހުވަދު އަތޮޅުގެ ރަށްތަކަށް ޚާއްސަކޮށް ޓޫރިޒަމް ސެމިނާއެއް ބާއްވައިފި

ހުވަދު އަތޮޅުގެ ރަށްތަކަށް ޚާއްސަކޮށް ބާއްވާ ފުރަތަމަ ޓޫރިޒަމް ސެމިނާ ގދ. ވާދޫގައި ބާއްވައިފި

މި ސިމްޕޯސިއަމްގެ މަގްސަދަކީ ހުވަދު އަތޮޅުގެ ރަށްތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވިގޮތެއްގައި ބިނާކުރުމަށް ބާރު އަޅައި މި ދާއިރާގެ ސަބަބުން ކުރާ ރަނގަޅު ނުވަތަ ނޭދެވޭ އަސަރުތައް ދެނެގަނެ ރައްޔިތުން ހޭލުންތެރިކުރުން

advertisement

މާލޭގައި ޓްރެފިކް ފްލޯ ހަމައަކަށް އެޅުވުމުގެ ފުލުހުން ހާއްސަ އޮޕަރޭޝަންއެއް ފަށައިފި

ފުލުހުން ބުނީ މާލެ ސަރަހައްދުގެ މަގުތަކަކީ އެންމެނަަށް އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށް

 މަސައްކަތްތައް ފެށުމުގެ ކުރިން، އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށް ކަމާގުޅޭ މައުލޫމާތާއި މަގުތަކުގެ ހާލަތު ރައްޔިތުންނަށް އޮޅުންފިލުވައިދެވޭނެ ކަމަށް ފުލުހުން ބުނޭ

ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދެނީ

އެޗްޕީއޭ އިން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އުމުރުން ފަސް އަހަރާ 11 އަހަރާ ދެމެދުގެ ކުދިންނަށް ދެވޭ ފައިޒާ ވެކްސިން ރާއްޖެއަށް މިހާރު ލިބިފައިވާ ކަމަށާއި، މިހާރު އެ އުމުރުގެ ކުދިންނަށް ވެކްސިން ދޭނެ ކަމަށް

 މާލޭގެ ވެކްސިން ސެންޓަރުތަކުގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލް އަދި ސެންޓަރުތަކުން ވެކްސިން ލިބެން ހުންނާނެ ކަމަށް އެ އޭޖެންސީން ބުނޭ

ރާއްޖޭގެ ބީޗްވޮލީ ފިރިހެން ޓީމާ، އަދި ބޮޑީބިލްޑިންގ ޓީމާ ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރައްވައިފި 

މިބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ބީޗު ވޮލީ ޓީމާއި ބޮޑީބިލްޑިންގ ޓީމުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި ޓީމުތަކުގެ މެމްބަރުންނަށާ އޮފިޝަލުންނާއި އެސޯސިއޭޝަންތަކަށް މަރުޙަބާ ވިދާޅުވެފައި

އަދި ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް، ހުރިހާ ކުޅިވަރުތަކެއްގައި ވެސް ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށާ، އެކަމުގެ ނަތީޖާވެސް ރަނގަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެސްޓީއޯގެ ސޮޕިން މޯލެއް ހަދަނީ

ހުޅުމާލެ ފޭސް 2 ގައި އެސްޓީއޯގެ ޝޮޕިން މޯލެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ

މިހެން ބުނެފައިވަނީ ގިނަ އަދަދެއްގެ ބަޔަކު އާބާދުވެފައިވާ ފޭސް 2 ގައި ހުޅުވާފައިވާ ފިހާރަތަކުން ވިއްކާ ތަކެތީގެ އަގުބޮޑުވުމުގެ ޝަކުވާއާއެކު އެސްޓީއޯގެ ފިހާރައެއް ހުޅުވުމަށް އެދި މީހަކު ކުރި ޓުވީޓަކަށް ޖަވާބު ދެމުން

ރިއެކްޝަންސް
0
0
0
0
0
0
0