މާބައިދޫގައި އައިސް ޕްލާންޓެއް އަޅަން ފެނަކަ އާއި ހަވާލުކޮއްފި

20 ފެބުރުއަރީ 2023 - 15:06

ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކޮށް ހިންގުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެ އަދު މާބައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހީމް ވިސާމެވެ.

މާބައިދޫގައި އައިސް ޕްލާންޓު ތަރައްޤީކުރުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފައިވަނީ 6 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މިދިޔަ ޖެނުއަރީމަހުގެ ތެރޭގައިވެސްވަނީ 2 ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯރޕަރޭޝަނާއި ޙަވާލުކޮށްފައެވެ. އެއީ ގދ. ފިޔޯރީ އަދި ގދ. މަޑަވެލީގައި އައިސް ޕްލާންޓެއް އެޅުމުގެ މަސައްކަތެވެ.

ރިއެކްޝަންސް
0
0
0
0
0
0
0