މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
21 ފެބުރުއަރީ 2023 - 18:25
ފްލޯޓިން ސިޓީގެ ފުރަތަމަ މޮކްއަޕް ޔުނިޓް ފަޅުގައި އަޅައިފި
ބައިސަން މޯލްޑިވްސްއިން ކުރި ފޭސްބުކް ޕޯސްޓެއްގައި ފްލޯޓިން ސިޓީގެ ފުރަތަމަ މޮކްއަޕް ޔުނިޓް އެ ސަރަހައްދުގައި މިހާރު ޖަހާފައިވާ ކަމަށް ބުނެ ފޮޓޯތަކެއް އާއްމުކޮށްފައި
ފްލޯޓިން ސިޓީގެ ފުރަތަމަ ފޮޓޯ އާންމުންނަށް ދައްކާލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު
މާދަމާ ކުނިނަގާނެ ގަޑިތަކަށް ބަދަލުތަކެއް
📢 Announcement: Please find the changes brought to operation timings on the occasion of WAMCO's Anniversary on 22nd February 2023
*Note that this will only be applicable on 22nd February 2023 pic.twitter.com/70ge2scolR— Waste Management Corporation Limited (WAMCO) (@WAMCOmv) February 20, 2023
މާލޭގެ ގޭބިސީތަކުން މާދަމާ ކުނި ނެގުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2 އިން ހަވީރު 5 ޖެހުމާއި ހަމައަށް
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ގޭބިސީތަކުން ކުނިނެގުމަށް ހަމަޖެހިފައިވަނީ މެންދުރު 12 އިން ފެށިގެން ހަވީރު 5 ޖެހުމާއިހަމައަށް
ފަޅުވެރިންގެ އިހުމާލުން މުދަލަށް ލިބޭ ގެއްލުމަށް، އުޅަނދުގެ ވެރިފަރާތުން ޒިންމާވާންޖެހޭ ޤަވާއިދެއް
އުޅަނދުތަކަށް އަރުވާ މުދަލަށް ލިބޭ ގެއްލުމަށް އެއުޅަނދެއްގެ ވެރިފަރާތުން ޒިންމާވާން ޖެހޭގޮތަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ޤަވާއިދެއް އެކުލަވާލައިފި
ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާ އުފުލުމާ ގުޅޭގޮތުން އާމުކޮށްފައިވާ މި ޤަވާއިދަށް ޢަމަލުކުރަން ފަށާނީ ތިން މަސްދުވަސް ފަހުން
އިނގިރޭސިވިލާތުން ރާއްޖެއަށް ދޭ ސްކޯލަރޝިޕްގެ ޢަދަދު އިތުރުކުރަނީ
ސްކޯލާރޝިޕްގެ ޢަދަދު އިތުރުކުރުމަށް ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ނިންމީ ސީނިއަރ އޮފިޝަލުންގެ ފެންވަރުގެ ފުރަތަމަ ސްޓްރެޓެޖިކް ޑައިލޮގްގައި
Communique of the First Strategic Dialogue between the Maldives and the United Kingdom
📃 Press Release | https://t.co/I6foaPOFy5 pic.twitter.com/eYjsoiv9gB— Ministry of Foreign Affairs 🇲🇻 (@MoFAmv) February 20, 2023
އަދި އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ރާއްޖޭގެ ދަރިވަރުންނަށް ވިސާގެ ޕްރޮސެސްއަށް ސަޕޯޓް ދިނުމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފައިވޭ
ގެދޮރުވެރިޔާ ލޯނަށް ގިނަ އެޕްލިކޭޝަންތަކެއް، 170މިލިއަން ރުފިޔާ ދޫކޮށްފި
މިނިސްޓަރ އަސްލަމް ވިދާޅުވީ މި ސްކީމްގެދަށުން 500އަށްވުރެ ގިނަ މީހުން ލޯނަށް ފޯމު ހުށައެޅަފައިވާކަމަށް
އަދި އޭގެތެރެއިން ގިނަ އެޕްލިކޭޝަން ބަލައިގަނެ، މިހާރު ކުރިއަށް ދަނީ ފައިސާ ދޫކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވި