ދިރާގު ލާމު އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް  މިއަދު ފަށަނީ!

23 ފެބުރުއަރީ 2023 - 11:05

ދިރާގު ލާމު އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މިއަދު ފެށުމަށްވަނީ ހަމަޖެހިފައެވެ. 

ހަ އުމުރުފުރާއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގައި 13 ސްކޫލަކުން 400 އަށް ވުރެ ގިނަ ކުދިން 48 އިވެންޓުގައި ބައިވެރިވާނެއެވެ. 

advertisement

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވެސް (އޭ.އޭ.އެމް) އިން ކުރިއަށްގެންދާ މި އިވެންޓުގެ މިއަހަރުގެ ޓައިޓަލް ސްޕޮންސަރއަކީ ދިރާގެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 23 އިން 26 ފެބުރުވަރީ 2023 ގެ ނިޔަލަށް ލ. ގަމުގައެވެ. 

ދިރާގަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2023 ވަނަ އަހަރުގެ ޑިޖިޓަލް ޕާޓްނަރުވެސްމެއެވެ. މިގޮތުން މި ޕާޓްނަރޝިޕް މެދުވެރިކޮށް ދިރާގުން ދަނީ އެ އެސޯސިއޭޝަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެތުލެޓިކްސް މުބާރާތްތައް ކުރިއެރުވުމަށާއި ރާއްޖޭގައި އައު ޖީލެއްގެ އެތުލީޓުން އުފެއްދުމަށް އޭ.އޭ.އެމްއަށް މަގުފަހިކޮށް އެހީތެރިވެދެމުންނެވެ. 

ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0