މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
28 ފެބުރުއަރީ 2023 - 19:19
އަމީނީ މަގުގެ ތާރުއެޅި ބައި މިހަފްތާގައި ހުޅުވާލަނީ
އަމީނީ މަގުގައި ތާރު އަޅަފައިވާ ހިސާބު، މިހަފްތާގައި ހުޅުވާލާނެކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެ
އަމީނީ މަގު ހެންވޭރު ކޮޅުން ސްޓެލްކޯއާއި ހަމައަށް ތާރު އަޅާފައިވާ ހުޅުވާލުމަށްފަހު، ރޯދައިގެން ކުރިން ޢިމާދުއްދީން ސްކޫލާއި ހަމައަށް ތާރު އެޅުމަށް މަސައްކަތްކުރަމުން އަންނަކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވި
“މަލަސް ރެޒިޑެންސް”އިން ފުލެޓް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކޮށްފި
Minister at the President’s Office Mr. Ahmed Sameer and Managing Director @hassanshaahu inaugurates Malas Residence completed under MWSC's Hiyaa Project.#MWSCHiyaa #TeamMWSC pic.twitter.com/VJFvJoC2mw— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) February 28, 2023
ހުޅުމާލެ ފޭސް 2ގައި ކުރިޔަށް ގެންދާ ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިޔުއެސްސީން އިމާރާތްކުރި “މަލަސް ރެޒިޑެންސް”އިން ފުލެޓް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލުކޮށްފި
މިކަމަށްޓަކައި މަލަސް ރެސިޑެންސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު
ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފި
CEO @adamazim and team has inspected the progress of Gdh. Faresmathoda Airport Development Project. Overall project progress is 95%#MTCCProjects #RayyithungeKunfuni pic.twitter.com/TH9szSoIdb— MTCC Plc (@MTCCPlc) February 27, 2023
ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް މާރޗު މަހުގެ 15 ވަނަ ދުވަހަށް ނިންމުމަށް މިމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން އަންނަނީ ބާރު ސްޕީޑުގައި ކުރަމުން
އެގޮތުން އެއަރޕޯޓު ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު އެއަރޕޯޓުގެ އިންސްޕެކްޝަންގެ މަސައްކަތްވެސްވަނީ ފަށާފައި
މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި
އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި ހައްޖަށް މީހުން ގެންދިއުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ 18 މޭ 2022 ގައި ގެޒެޓް ކޮށްފައިވާ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށް ކަމަށް
މިއުސޫލްގައިވާ ގޮތުން ޕްރޮޕޯސަލް ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، އަދި ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ޙައްޖަށް މީހުން ގެންދިޔުމުގެ ޚިދުމަތްދިނުން ހިމެނިފައިވާ ސައްތަ އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް
ދެކުނު އޭޝިއާގެ އެތުލެޓިކްސް ފެޑެރޭޝަންގެ އާންމު ބައްދަލުވުން ރާއްޖޭގައި ބާއްވައިފި
ސާފްގެ އަހަރީ އާންމު ބައްދަލުވުން މިއަދު ބާއްވާފައި ވަނީ ކްރޮސްރޯޑްސްގެ އިވެންޓް ގޯލުގައި
މި ބައްދަލުވުމުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ އެތުލެޓިކްސްގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވި އިރު، އޭޝިއަން އެތުލެޓިކްސް ފެޑެރޭޝަންގެ ރައީސް، ގަތަރުގެ ޖެނެރަލް ދަހްލާން އަލް ހަމަދުވެސް ބައިވެރިވެވަޑައިގެންނެވި