ރޯދަމަހަށް އެސްޓީއޯއިން ފިޔާ އަދި އަލުވީގެ އަގު ތިރިކޮށްފި
1 މާޗް 2023 - 13:21
އެސް.ޓީ.އޯއިން ރޯދަމަހަށް ފިޔާ އަދި އަލުވީގެ އަގު ތިރިކުރާނެ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފި އެވެ. އަދި ފިޔާ، އަލުވި، އަދި ބިސް ހުސްނުވާނޭ ކަމުގެ ޔަގީންކަންވެސް ދީފި އެވެ.
މިގޮތުން ރޯދަމަހު މި ތަކެތި ހުސްވިޔަނުދީ ހިފެހެއްޓުމަށް، ޑިމާންޑް އަދި ސަޕްލައިއަށް ބަލައިގެން، ޖުމްލަ 6 ޝިޕްމެންޓްއެއް ގެނައުމަށް ވަނީ ރޭވިފައި ކަމަށާއި އަދި ފުރަތަމަ ޝިޕްމެންޓްވަނީ މީގެ ދެދުވަސްކުރިން ލިބިފައި ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ރޯދަމަހަށް ތައްޔާރު! ފިޔާ، ބިސް އަދި އަލުވީގެ ރޯދައަށް ހާއްސަ އަގުތައް! 😃
އުންމީދަކީ މި ރޯދަމަހުވެސް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި، މެދުކެނޑުމެއްނެތި، ހެޔޮ އަގުގައި ފޯރުކޮށްދިނުން. #MySTO pic.twitter.com/PnoBEMXy8F— STO (@stoplc) March 1, 2023
މުހިއްމު ނުކުތާތަށް:
- ހޯލްސޭލްކޮށް މުދާ ދޫކުރާނީ ތިން ސަރަހައްދަކުން؛ އެއީ އެސްޓީއޯ ހޯލްސޭލް ސެންޓަރުން، އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖްއިން
- އެހެންނަމަވެސް އިންޑަސްޓްރިއަލް ވިލެޖުން ދޫކުރަން ފަށާނީ 5 މާރޗް 2023 އިން ފެށިގެން އަދި ހުޅުމާލޭގައި ހުޅުވާ ރޯދަ މާރޓްގެ ޚިދުމަތް ފެށިގެންދާނީ 20 މާރޗް 2023 އިން
- އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމްކުރެވިފައިވާ އެސްޓީއޯގެ 11 ފިހާރައަކަށް ފިޔާ ބިސް އަދި އަލުވި ފޮނުވޭނެ. އަދި އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިވާނެ
- މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްގެން، ޒަރޫރީ ބޭނުމަށް ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތައްވެސް ގެނެވޭނެ. އަދި ލޯކަލީވެސް ބައެއް މުދާ ފިހާރައިން ހުސްވިޔަނުދީ ބެހެއްޓުމަށްޓަކައި ނެގޭނެ. އެގޮތުން، ލީސިންގ ޕާޓްނަރުން ފޯރުކޮށްދޭ މުދާވެސް ހުސްނުވެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިންނާއި، ހުޅުމާލެ ރޯދަ މާޓުއިން ލިބެން ހުންނާނެ
- މާކެޓްގައި ޒަރޫރީބޭނުމަށް ބޭނުންވާ ވަކި މުދަލެއްގެ އަގު މަތިވެގެން އަންނަނަމަ އެސްޓީއޯއިން އިންޓަވީން ކުރާނޭ. އަދި އަގު ކޮންޓްރޯލް ކުރުމަށް މަސައްކަތްވެސް ކުރާނެ
ރިއެކްޝަންސް