މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
1 މާޗް 2023 - 19:10
ގްރައުންޑް ހޭންޑްލިންގެ ފީ ބޮޑުކުރުމުން މޯލްޑިވިއަން ޓިކެޓުގެ އަގު ބޮޑުކޮށްފި
ކާޑެއްދޫ އެއާޕޯޓުގައި ގްރައުންޑް ހޭންޑްލިންއަށް ނަގާ ފީ ބޮޑުކުރުމާއެކު މޯލްޑިވިއަނުން ދަތުރުކުރުކުރާ ހުރިހާ މަންޒިލެއްގެ ޓިކެޓުގެ އަގުތައް އައިލޭންޑް އޭވިއޭޝަނުން ބޮޑުކޮށްފި
އައިލޭންޑް އޭވިއޭޝަނުން ވަނީ ޓިކެޓުގެ އަގުތަކަށް ގެނައި ބަދަލު މިހާރު މޯލްޑިވިއަންގެ ވެބްސައިޓުގައި ވެސް އާންމުކޮށްފައި
ފުރަތަމަ ފަހަރަށް ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮންފަރެންސެއް, ޕްލޭނަކާއި ޕޯޓަލެއް އިފުތިތާހުކުރި
ދައުލަތުގެ އެތެރޭގެ އޮޑިޓް ނިޒާމު ހަރުދަނާކޮށް އެ ދާއިރާގައި ހަރަކާތްތެރިވާ މީހުން ހޭލުންތެރި ކުރުވުމުގެ ބޭނުމުގައި ފުރަތަމަ ފަހަރަށް އިންޓާނަލް އޮޑިޓް ކޮންފަރެންސެއް ފަށައިފި
ކޮންފަރެންސް ފެއްޓުމަށް ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އޮޑިޓް ޕޯޓަލެއްވެސް ވަނީ އިފުތިތާހު ކޮށްފައި
އެމް.އެން.ޔޫއިން “ފަހި ސުފުރާ”ގެ ނަމުގައި ކާބޯތަކެތީގެ މަޢުރަޒެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ހިންގާ ކާބޯތަކެތީގެ މައުރަޒު “އެމް.އެން.ޔޫ ފަހި ސުފުރާ” ހުޅުވައިފި
މާދަމާގެ ނިއަލަށް ކުރިއަށްދާ މިމައުރަޒް ހުޅުވިފައި ހުނާނީ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައި
މީހުން ބިނާކުރުމަށް ސްޓެލްކޯއާ ޕޮލިޓެކްނިކާ ދެމެދު އެއްބަސްވުމެއް
މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ބިނާކުރުމަށް މިކުންފުންޏާއި، މޯލްޑިވްސް ޕޮލިޓެކްނިކާއި ދެމެދު މިއަދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައި. މި ފަހުމުނާމާގެ ދަށުން، ދެފަރާތުގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ސަރޓިފައިޑް މީހުން އުފެއްދުމަށް ވަނީ ނިންމާފައި. pic.twitter.com/zmzNLK7m3I— STELCO (@STELCOMALDIVES) March 1, 2023
މަސައްކަތުގެ ދާއިރާއަށް މީހުން ބިނާކުރުމަށް ސްޓެލްކޯއާއި، މޯލްޑިވްސް ޕޮލިޓެކްނިކާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
މި އެއްބަސްވުމުގައި ސޮއިކުރުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯމުޙައްމަހު ހާޝިމް
މާޅޮހު ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީއަށް ހަވާލުކޮއްފި
MTCC has signed an agreement with @MoNPHImv towards implementation of B. Maalhos Harbor Repair and Shore Protection Project. COO Shahid Hussain Moosa signed on behalf of MTCC and Ms. Zeeniya Hameed, PS, signed on behalf of Ministry.#MTCCProjects #RayyithungeKunfuni pic.twitter.com/sFaWsxg87E— MTCC Plc (@MTCCPlc) March 1, 2023
ބ.މާޅޮހު ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއި ހަވާލުކޮށްފި
މާޅޮހު ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 700 ފޫޓްގެ ދިގު ބަނދަރެއް ތަރައްޤީކުރާނެ