މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
2 މާޗް 2023 - 19:47
ދަނޑުވެރިޔާގެ ނަމުގައި ދަނޑުވެރިންނަށް އެހީތެރިވުމަށް އެޕްލިކޭޝަނެއް
𝑫𝒉𝒂𝒏𝒅𝒖𝒗𝒆𝒓𝒊𝒚𝒂 – a web app aimed at providing information to help boost production & income of farmers is in the process of being introduced in the Maldives🇲🇻 by @FAO.
— FAO in Sri Lanka & Maldives (@FAOSriLanka) February 23, 2023
The 3-day training workshop to train staff on the use of the app kickstarted on 21 February. pic.twitter.com/4GZ0q3wYBt
ދަނޑުވެރިންނަށް ފަންނީ މަޢުލޫމާތު ހިއްސާކުރުމަށް “ދަނޑުވެރިޔާ”ގެ ނަމުގައި އެޕްލިކޭޝަންއެއް ތަޢާރަފްކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ނިންމައިފި
މިއެޕްލިކޭޝަންގެ ޒަރިއްޔާއިން މޫސުމީ ބަދަލުތަކާއި ދަނޑުތައް މުޑުވައްކުރުމުގެ މަޢުލޫމާތުތަކުގެ އިތުރުން ދަނޑިވެރިން ބޭނުންވާ ހުރިހާ ފަންނީ މަޢޫލޫމާތު ހިއްސާކުރެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވޭ
ވިލިމާލޭ މާރުކޭޓުގެ ހަތަރު މަހުގެ ކުލި މައާފުކޮށް، މާލޭގެ މާރުކޭޓުގެ ކުލި ކުޑަކޮށްފި
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ވިލިމާލޭ ލޯކަލް މާރުކޭޓު ގޮޅިތަކުގެ ކުލި މި މަސް ހިމެނޭހެން ހަތަރު މަސްވަންދެން ނުނެގުމަށް އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ޖަލްސާގައި ނިންމާފައިވާ ކަމަށް
އަދި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ކުލި 30 ޕަސެންޓް ކުޑަކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި
ވިލިމާލޭގައި ބަގީ ދަތުރަކަށް ދެ ރުފިޔާ، ސުކޫލު ކުދިންނަށް ހިލޭ
ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ދެ ރުފިޔާ ނެގިކަމުގައިވިޔަސް ބަގީ “ޕްރައިވެޓް ހަޔާ”ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެ
ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރެޖިސްޓާ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެ
އެމްޑަބްލިޔުއެސްސީއިން ”އެމްވީ ރަން” ސްޕޮންސާ ކުރުމަށް ޓީއެފްޖީއާއެކު އެއްބަސްވުމަކަށް
We are proud to announce our partnership with Total Fitness Group – TfG, to host ARO MV RUN 2023 & 2024 – one of the most rewarding and prized run in the Maldives! pic.twitter.com/QgkOacWUUV
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) March 2, 2023
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)އިން “އެމްވީ ރަން” ސްޕޮންސާ ކުރުމަށް ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ)އާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
މި އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި ޓީއެފްޖީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ހުސެން ޒިނާން
ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް އެމްއެންޔޫއާއި ސޮނެވާއާ ދެމެދު އެއްބަސްވުމެއް
The Maldives National University and Soneva Maldives (Soneva Fushi Maldives and Soneva Jani Maldives) signed a Memorandum of Understanding (MOU) for developing human capacity and strengthening relations between academia and the tourism industry (1/3)@soneva @FHTSMNU pic.twitter.com/9QKNOQ4l8o
— The Maldives National University (@MNUedu) March 2, 2023
ފަތުރުވެރިކަމުގެ ދާއިރާގައި މީހުން ބިނާކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ސޮނެވާ މޯލްޑިވްސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް
އެމްއެންޔޫއިން ބުނީ މި އެއްބަސްޗުމުގެ ސަބަބުން ދެ ފަރާތުގެ ވެސް ދަރިވަރުންނާއި މުވައްޒަފުންގެ ޤާބިލުކަން ތަރައްޤީކުރުމަށް މަގުފަހިވެގެން ދާނެކަމަށް