ދިރާގު 34 ވަނަ އަހަރީ އާންމު ޖަލްސާ މާރިޗު 20 ވަނަ ދުވަހަށް ތާވަލްކޮށްފި

8 މާޗް 2023 - 9:18

ދިވެހިރާއްޖޭގެ ގުޅުން ޕލކ (ދިރާގު) ގެ 34 ވަނަ އަހަރީ އާންމު ޖަލްސާ 20 މާރިޗު 2023 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:15 ގައި  ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ “ހައިބްރިޑް” ކޮށްކަމަށްވާތީ، ޖަލްސާގައި ޙިއްޞާދާރުންނަށް “ފަހިވޯޓް” މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެވަޑައިގެން ބައިވެރިވެވޭނެއެވެ.

advertisement

ރަޖިސްޓަރ ކުރުމަށް ހުޅުވާލެވިފައިވާނީ:

  • ހިއްސާދާރުންގެ ޕްރީ-ރެޖިސްޓްރޭޝަން: 3 މާރިޗު 2023 ވާ ހުކުރު ދުވަހުގެ 14:15 އިން 19 މާރިޗު 2023 ވާ އާދީއްދަ ދުވަހުގެ 13:00 ގެ ނިޔަލަށް
  • ޕްރޮކްސީންގެ ރެޖިސްޓްރޭޝަން: 3 މާރިޗު 2023 ވާ ހުކުރު ދުވަހުގެ 14:15 އިން 18 މާރިޗު 2023 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ނިޔަލަށް

 ވީމާ، 14 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ދިރާގުގެ ޙިއްޞާދާރުންގެ ރަޖިސްޓަރީގައި ހިމެނިވަޑައިގަންނަވާ ހިއްސާދާރުންނަށް މިޖަލްސާގައި ބައިވެރިވުމަށް ދައުވަތުވަނީއެރުވިފައެވެ.

ދިރާގުންވަނީ ޖަލްސާ މާލަމަށް ވަޑައިގެން ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭ ހިއްސާދާރުންގެ އަދަދު 150 ހިއްސާދާރުންނަށް ލިމިޓްކޮށްފައެވެ. އެހެންކަމުން ޖަލްސާކުރާ މާލަމަށް ވަޑައިގެން ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ޙިއްޞާދާރުންގެ ތެރެއިން، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ މާލާމަށް ޙާޒިރުވެގެންވަޑައިގެންކަން ނުވަތަ އޮންލައިންކޮށްކަން، އެފަރާތްތަކަށް 19 މާރިޗު 2023 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން އެންގޭނެއެވެ.

މިޖަލްސާގެ ނޯޓިސް އަދި ދިރާގުގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދިރާގުގެ ވެބްސައިޓުގައި 3 މާރިޗު 2023 ގައި ޝާއިއުކޮށްފައިވާނެވެ. އަދި މި ލިންކުން  https://bit.ly/3t8KAhS އަހަރީ އާންމު ޖަލްސާއާއިގުޅޭ މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0