ޓެކްނިކަލް ދާއިރާތަކަށް އަންހެންވެރިން ނެރުމަށް އެސް.ޓީ.އޯއިން ސްކޮލަރޝިޕްތަކެއް، ވަޒީފާ ގެރެންޓީ

8 މާޗް 2023 - 16:01

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައި، ޓެކްނިކަލް ދާއިރާތަކަށް އަންހެނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ނިޔަތުގައި އެސްޓީ.އޯ.އިން މިއަދު ހާއްސަ ސްކޮލަރޝިޕްތަކެއް އިއުލާންކޮށްފި އެވެ.

އެގޮތުން، އެސް.ޓީ.އޯ ގެ ފުލް ސްކޮލާޝިޕްގައި، ސެޓްފިކެޓް 3 އިން އިލެކްޓްރޯނިކްސް، އެޑްވާންސް ސެޓްފިކެޓް އިން އިލެކްޓްރިކަލް އެންޑް އިލެކްޓރޯނިކްސް އިންޖިނިއަރިންގ، އެޑްވާންސް ސެޓްފިކެޓް އިން ރެފްރިޖެރޭޝަން އެންޑް އެއާ-ކޮންޑިޝަނިންގ ފުރިހަމަ ކުރުމުން، ޔަގީން ކަމާއެކު ކުންފުނީގައި ވަޒީފާ އަދާކުރެވޭނެކަންވެސް އެ ކުންފުނިންވަނީ ހާމަކޮށްފައި އެވެ.

މި ކޯހުގެ ފުރުސަތު މާޗް މަހުގެ ނިޔަލަށް 15 ފަރާތަކަށް ހުޅުވާލެވިފައިވެއެވެ. އަދި ކޯސް ފުރިހަމަ ކުރުމާއެކު ސާވިސް ސަޕޯޓް ޓެކްނީޝަންސް، ޕްރޮޑަކްޓް ސްޕެޝަލިސްޓް އަދި އެލެވޭޓާރ ޓެކްނީޝަންގެ ގޮތުގައި ވަޒީފާ އަދާކުރެވޭނެއެވެ.

ވަޒީފާގެ މައިދާނަށް ބަލާއިރު ޓެކްނިކަލް މަސައްކަތްތަކުގައި ގިނައިން ފެންނަނީ ފިރިހެނުން މަސްއޫލުވަމުން އުޅޭ ތަނެވެ. މި ޓެކްނިކަލް މަސައްކަތްތަކުގައި އަންހެން ވެރިންނަށްވެސް ކުރެވިދާނެ މަސައްކަތްތައް ހުރެއެވެ. މަދުން ނަމަވެސް އަންހެނުން މި ދާއިރާ ތަކުގައި އުޅޭތަން ފެންނަ ކަމުގައިވިއަސް، އެކަށީގެންވާ ޢަދަދަތަކަށް އަންހެނުން ހަރަކާތްތެރިވުން މުހިންމެވެ. މި ތަފާތު ހަނިކުރުމަށްޓަކައި އެހެނިހެން ގޮތް ގޮތަށް އަމަލީ ފިޔަވަޅެއް އަޅަން ޖެހޭނެ ކަމަށް އެ ކުންފުނިންވަނީ މިއަދު މި ސްކޮލަރޝިޕްތައް އިއުލާންކުރަމުން ހާމަކޮށްފައި އެވެ.

މި ފުރުސަތު އަގުހުރި ގޮތުގައި ބޭނުން ކުރުމަށް ކިއު.އާރު ކޯޑު މެދުވެރިކޮށް 31 މާޗް 2023 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަ  ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯދެއްވުމަށް 1422 އަށް ނުވަތަ  training.development@sto.mvއަށް މެއިލް ކުރެއްވުން އެދެމެވެ.

ރިއެކްޝަންސް
0
0
0
0
0
0
0