މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް
8 މާޗް 2023 - 19:26
ޑިޖިޓަލް މުސްތަގުބަލަަކަށް، އެދާއިރާއިން އަންހެނުން ބާރުވެރިކުރުން މުހިންމު: ރައީސް
On this International Women’s Day, we are reminded of the undeniably irreplaceable role women play in uplifting our communities. More focus should be devoted to bridging the gender digital divide to ensure women are empowered to shape the digital future.— Ibrahim Mohamed Solih (@ibusolih) March 8, 2023
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ރައީސް ވިދާޅުވީ މިފަދަ ދުވަސްތަކުގައި، މުޖުތަމައު ބިނާކުރުމުގައާއި މުޖްތަމައު ކުރިއެރުވުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރުގެ މަތިން ހަނދާން އާވާ ކަމަށް
އޭގެއިތުރުން، މިއަދު ޑިޖިޓަލް މުސްތަގްބަލަކަށް އަމާޒުހިފާފައިވާއިރު އެ ދާއިރާގައި މިންތީގެ ހަމަހަމަ ކަމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި
ހޯރަފުށި މަގު ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ
Work on Ha. Hoarafushi Road Development Project is well underway, with overall 80% project progress. Subgrade, sub-base and asphalt laying works are progressing with 94% completion.#MTCCProjects #RayyithungeKunfuni pic.twitter.com/YH7mhnrnUW— MTCC Plc (@MTCCPlc) March 8, 2023
އެމްޓީސީސީން މިއަދު ބުނީ ހޯރަފުށި މަގު ހެދުމުގެ މަޝްރޫއޫގެ މަސައްކަތުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށާއި ސަބްގްރޭޑް، ސަބްބޭސް، ތާރު އެޅުމުގެ މަސައްކަތުގެ 94 ޕަސެންޓް ނިމިފައިވާ ކަމަށް
މި މަޝްރޫއުގެ ޖުމުލަ އަގަކީ 67.6 މިލިއަން ރުފިޔާ
ބީއެމްއެލުން އަންހެން ކުދިންނަށް ކޯޑިންއާއި އިންޖިނިއަރިން ޕްރޮގްރާމެއް ފަށަނީ
We are pleased to announce that we are supporting a Coding and Engineering program for 30 girls between 12-14 years!💪
The #IWD2023 theme focuses on developing the necessary skills for women and girls to engage in digital spaces and increase opportunities in related fields. pic.twitter.com/gYYRqf5Sw3— Bank of Maldives (@bankofmaldives) March 8, 2023
މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ 12 އަހަރާއި 14 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ކަމަށާއި މި ޕްރޮގްރާމުގައި ޖުމުލަ 30 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދޭނެ ކަމަށް ބީއެމްއެލްއިން ބުނޭ
ފޯލޫޕް ކޯޑިން އެކަޑަމީން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ވިޝުއަލް ބްލޮކްސް ބޭނުންކޮށްގެން ގޭމް ޑިވެލޮޕްކުރުން، ޕައިތަން ބޭނުންކޮށްގެން އެޕް ޑިވެލޮޕްކުރުން ފަދަ ކަންކަން ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުނޭ
ރައީސްގެ ދެކަނބަލުން އައިޓީބީ ފެއަރގެ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރައްވައިފި
President @ibusolih visited ITB Berlin 2023 as part of his visit to Germany. @visitmaldives is physically attending the fair after a three-year break, with a delegation of 233 representatives from 91 companies. Maldives' stand is featured at the Hydrib Studio at Messe Berlin. pic.twitter.com/UmvL83iiW3— The President's Office (@presidencymv) March 8, 2023
ޖަރުމަނުގައި ކުރިއަށްދާ އައިޓީބީ ބަރލިން ފެއަރއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ޒިޔާރަތްކުރައްވާ ރާއްޖެއިން ފެއަރގައި ބައިވެރިވާ ފަރާތްތަކާއި ބައްދަލުކުރައްވައި
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ޖަރުމަނަށް ވަޑައިގެންނެވީ ރާއްޖެއިން ބޭރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން
400 ހައުސިންގ ޔުނިޓް ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަނީ
ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 400 ހައުސިންގ ޔުނިޓް ޑިޒައިންކޮށް ސުޕަވައިޒް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފި
ފިނޭންސް މިނިސްޓްރީން ވިދާޅުވީ މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި އެފޯޑަބަލް ހައުސިންގ ސްކީމް ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވާ ފައިސާއިންކަމަށް