އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފެމިލީ ޑެންޓަލް ކެއަރއިން 50އިންސައްތަ ބޮޑު ޑިސްކައުންޓެއް

9 މާޗް 2023 - 10:17

އަންހެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ފެމިލީ ޑެންޓަލް ކެއަރގެ ފަރާތުން ކަނބަލުންނަށް 8 މާރިޗުއިން ފެށިގެން 16 މާރިޗުއަށް 50%ގެ ޑިސްކައުންޓު އެ ކްލިނިކުން ދޭ ހިދުމަތްތަކުން ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް ހާމަކޮށްފި އެވެ.

މިގޮތުން ފެމިލީ ޑެންޓަލް ކެއަރއިން ހޯދާ ހިދުމަތަށް އާސަންދައިން ކަނޑާފައި ދައްކަންޖެހޭ ފައިސާއެއްވާނަމަ އެފައިސާއެއްގެ 50% ޑިސްކައުންޓް ކެނޑޭނެ އެވެ.

advertisement

ފެމިލީ ޑެންޓަލް ކެއަރއަކީ ހަމައެކަނި އަންހެން ކަނބަލުންގެ ހިއްސާ އޮންނަ މައު ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ހިންގާ ކްލިނިކެކެވެ.

މައު ހޯލްޑިންގ މައިގަނޑު މަގްސަދަކީ ގައުމު ހިންގުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި އަންހެނުން ބާރުވެރިކުރުމުގައި އަންހެނުންގެ ރޯލްއިތުރު ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ފެމިލީ ޑެންޓަލް ކެއަރ ހުންނާނީ: ގ. ސަންއީޓްސް 2ވަނަ ފަންގިފިލާ، ނިރޮޅުމަގު (ގަލޮޅު ދަނޑު ޖެހިގެން އިރުމަތީ ފަރާތުން އޮންނަމަގު)

ފޯން: 3334089

ވައިބަރ/ ވަޓްސްއެޕް: 7954089

ހުޅުވިފައި ހުންނާނީ: ހެނދުނު 10:00 އިން 1:00 އަށް، އަދި ހަވީރު 5:00 އިން ރޭގަނޑު 9:00އަށް

ރިއެކްޝަންސް
0
1
0
0
0
0
0